Advertisement

05 May 2024
ޚަބަރު
ޢަލީ ސުލައިމާން

އަތޮޅުތަކުން 790 ދަރިވަރަކު މާލޭގެ ސްކޫލްތަކަށް ބަދަލުކުރުމަށް ހުށައަޅާފައިވާ ކަމުގައި އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ

ކުރިޔަށް އޮތް ދިރާސީ އަހަރު އަތޮޅުތަކުން 790 ދަރިވަރަކު މާލޭގެ ސްކޫލްތަކަށް ބަދަލުކުރުމަށް ހުށައަޅާފައިވާ ކަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވެއްޖެއެވެ.

އަތޮޅުތަކުން މާލެއަށް ބަދަލުވާން ބޭނުންވާ ކުދިންނާއި މާލޭގެ ސްކޫލުތަކުން އެހެން ސްކޫލުތަކަށް ބަދަލުވާން އެދޭ ކުދިންގެ ފޯމްތައް ބަލައި ގަންނަމުންދާނީ، އަންނަ ބުރާސްފަތި ދުވަހުގެ 14:00 އާއި ހަމައަށް ކަމުގައިވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެމިނިސްޓްރީން ވިދާޅުވީ، މާލޭގެ ސަރަހައްދުތަކުގެ ސްކޫލުތަކުގެ ގްރޭޑް 1އަށް ވެއްދުމަށް، 2290 ފޯމް ހުށައަޅާފައި ވާކަމަށާއި، އަދި ގްރޭޑް 1 ފިޔަވައި އެހެން ގްރޭޑްތަކަށް ވެއްދުމަށް 1450 ފޯމް ހުށައަޅާފައި ވާކަމަށެވެ. މީގ އިތުުރުން މާލެ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށްވެސް 660 ފޯމު ހުށައަޅާފައި ވާކަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވިއެވެ. 

މާލެ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާ އެދިފައިވާ ކުދީންގެ ތެރޭގައި ގިނައީ، މާލޭގެ ސްކޫލުތަކުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައިވާ ޞަލާޙުއްދީން ސްކޫލަށް ބަދަލުވާން އެދިފައިވާ ކުދިންކަން އެނގިފައިވެއެވެ. ޞަލާޙުއްދީން ސްކޫލަށް ބަދަލުވާން އެދޭ ދަރިވަރުންގެ އަދަދު ގިނަވުމާއި އެކު މި ފެށޭ ދިރާސީ އަހަރުންފެށިގެން އެސްކޫލު ދެ ދަންފަޅިއަށް ބަދަލުުކުރުމަށްވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ ނިންމާފައެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުށައަޅާ ފޯމްތަކަށް 2024 މެއި 13ވާ ހޯމަ ދުވަހުގެ ކުރިން ޖަވާބުދީ ނިންމާނެ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.