Advertisement

އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ނޫން.އެމްވީ

31 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

މީހެއްގެ ގައިގައި ކާރުން ޖެހުމުން ފިލި ޑްރައިވަރު ހޯދައި ހައްޔަރުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތައް ކައިރީގައި، މިއަދު ކާރެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓަށްފަހު، ފިލައިގެން ދިޔަ ކާރު ޑްރައިވަރު ހޯދައި ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައި ވަނީ ކޯޓުއަމުރެއްގެ ދަށުން ކަމަށެވެ. އޭނާއަކީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. 

މިއަދު މެންދުރު ހިނގި އެ އެކްސިޑެންޓްގެ މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯ ފްޓޭޖު ސޯޝަލް މީޑިއާގައި ދަނީ ދައުރު ވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ކާރު ކޮންޓްރޯލުން ނެއްޓުނީ، ރޯޑް ޑިވައިޑާއެއްގެ ގޮތުގައި ހަދާފައިވާ ތަނުގައި ޖެހުމަށް ފަހުގައެވެ. އަދި ކާރު ކޮންޓްރޯލުން ނެއްޓިގެން ދިޔަ ވަގުތު މަގުގެ ހުޅަނގު ފަޅިން އަރިމައްޗަށް ސައިކަލު މަޑުކޮށްލައިގެން އިން މީހެއްގެ ގައިގައި ކާރުން ޖެހި އޭނާ ވިއްސައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ވެފައިވެއެވެ.

ހާދިސާ ހިނގި އިރު އެކާރުގައި، 3 މީހަކު ތިބި ކަމަށްވެއެވެ. އޭގެ ތެރެއިން މިރޭ ހައްޔަރުކޮށްފައި ވަނީ، ކާރު ދުއްވަން އިން މީހާ އެކަންޏެވެ.

ފުލުހުން ގެންދަނީ މިހާދިސާ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.