Advertisement

ބުޅާ މަސް އަޅައިގެން ކާތަކެތި ހަދައިގެން ވިއްކި މީހާ --

20 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ބުޅާ މަސްއަޅައިގެން ކާތަކެތި ވިއްކި މައްސަލަ ފުލުހުންނަށް ހުށައަޅައިފި

މަގުމަތީގައި އުޅޭ ބުޅާތައް ހިފައި މަރައި އަދި އޭގެ މަހުގައި ބާގާ އާއި ސަބްމެރިންފަދަ ކާބޯތަކެތި ހަދައިިގެން ވިއްކި ކަމުގެ ތުހުމަތު ކުރެވުނު މީހާ އާއި ދެކޮޅަށް ޖަނަވާރާއި ބެހޭ މިނިސްޓްރީން ފުލުހުންނަށް މައްސަލަ ހުށައަޅައިފއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާއިން ހާމަކުރައްވާފައިވާ ގޮތުގައި އެމިނިސްޓްރީއަށް އެކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އިއްޔެ އެމައްސަަލަ އެމިނިސްޓްރީގެ ފަރާތުން ފުލުހަށް ހުށައަޅައި، އެމީހާ އާއި މެދު ފިޔަވަޅު އަޅައިދިނުމަށް ވަނީ އެދިފައެވެ.

އެމިނިސްޓްރީން ވިދާޅުވީ، މަގުމަތީގައި އުޅޭ ބުޅާ ހިފާ މީހެއްގެ ގޮތުގައި ތުހުމަތު ކުރެވޭ ފަރާތަކާ ބެހޭ މަޢުލޫމާތު، އިއްޔެ ހެނދުނު އަމިއްލަ ފަރާތަކުން މި މިނިސްޓްރީއާ ހިއްސާކުރުމާ ގުޅިގެން، އެ މައްސަލަ ވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިކަމަށެވެ. އަދި މިހާރު ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އެ މައްސަލަ ތަޙްޤީޤުކުރަމުން ކަމަށާއި، އަދި އެ މިނިސްޓްރީންވެސް މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ގޮތް ވަރަށް ގާތުން ބަލަމުން ދާކަމުގައިވެސް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އިއްޔެ މޯލްޑިވްސް އިމިގްރޭޝަނުންވެސް ވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހޯދުމަށް އާއްމު ނޯޓިހެއް ނެރެފައެވެ. މިމައްސަލައިގައި ހޯދަމުން ދަނީ، ބަނގުލަދޭޝް މީހެއް ކަމުގައިވާ، އަރަފާތު ހުސައިން ނަމަކަށް ކިޔާ 32 އަހަރުގެ މީހެކެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.