Advertisement

ފޭރިގެން އުޅޭ ދުވަސްވީ މީހާއަށް މާރާމާރީގެ ސަބަބުން ލިބިފައިވާ އަނިޔާ ދައްކުވައިދޭ ފޮޓޯއެއް، ފޮޓޯ: ސޯޝަލް މީޑިއާ

08 Aug 2024
ޚަބަރު

މާލެއަށް ބޭސްފަރުވާއަށް އައިސް ހުރި އުމުރުން ދުވަސްވީ މީހެއްގެ އަތުން ފޭރިއްޖެ

މާލެއަށް ބޭސްފަރުވާއަށް އައިސް ހުރި އުމުރުން ދުވަސްވީ މީހަކު ކުއްޔަށް ހުރި ކޮޓަރިއަށް ވަދެ، މާރާމާރީ ހިންގުމަށްފަހު އޭނާގެ އަތުން ފޭރިއްޖެއެވެ.

މި މައްސަލަ އާ ގުޅިގެން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ބޭސްފަރުވާއަށް މާލެއަށް އައިސްއުޅެނު ޢުމުރުން 62 އަހަރުގެ ދިވެހި ފިރިހެނަކު ކުށްޔަށް ހުރި ކޮޓަރިއަށްވަދެ އަނިޔާކޮށް ބިރުދައްކާ ފޭރިގެންފައިވާކަމަށް ރިޕޯޓުކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. އަދި މާރާމާރީ ހިންގައި އޭނާގެ ފޯނާއި ފައިސާ ފޭރުނުކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

މި މައްސަލަ މިހާރު ތަހުގީގު ކުރަން ފަށާފައިވާއިރު، މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން އަންގާރަ ދުވަހު އެޕާޓްމެންޓަކަށް ވަދެ  26،690ރ. ފޭރިގަތް މައްސަލައެއް ވެސް ފުލުހުންނަށް ހުށަހެޅުނެވެ. އަދި ފޭރުނު މީހާ ވަނީ އެ ދުވަހު ހައްޔަރުކޮށް، ފޭރުނު ފައިސާ ވެސް ވަނީ އޭގެ ވެރިފަރާތާ އެ ދުވަހު ހަވާލުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.