Advertisement

07 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ކިންގްސްޓޮން އަށް ފައިސާ ދެއްކުމަށްފަހު ސައިކަލު ނުލިބޭ ފަރާތްތަކުން ޕޮލިހަށް އެކަން ހިއްސާ ކުރުމަށް އެދިއްޖެ

ސައިކަލު ގަތުމަށް ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދެއްކުމަށްފަހު، ސައިކަލު ނުލިބޭ ފަރާތްތަކުން، މޯލްޑިވްސް ޕޮލިސް ސާވިސްއަށް އެކަން ހިއްސާ ކުރުމަށް އެދިއްޖެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އާންމުންނަށް ސައިކަލު ވިއްކާ ކަމަށް ބުނެ، ކޮންހްސްޓޮން އިން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް އެ އިދާރާއަށް ހުށަހެޅިފައިވާތީ، އެ މައްސަލަ އަންނަނީ މިހާރު ތަހުގީގު ކުރަމުންނެވެ.

އެހެންކަމުން، ކިންގްސްޓޮން އިން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މަކަރާއި ހީލަތުގެ އަމަލުގެ ޝިކާރައަކަށް ވެފައިވާ  އެއްވެސް މީހަކު ހުރިނަމަ، އެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

"ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސައިކަލު ގަތުމުގައި މަކަރާއި ހީލަތުގެ އަމަލެއްގެ ޝިކާރައަކަށް ވެފައިވާ އިތުރު އެއްވެސް ފަރާތެއް ވާނަމަ، މި ޚިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކުރެއްވުން އެދެމެވެ."

ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ސައިކަލު ގަތުމަށް އެޑްވާންސްކޮށް ގިނަ ބަޔަކު ވަނީ ކިންގްސްޓޮން އަށް ފައިސާ ދައްކާފައެވެ. އަދި އޭގެ ފަހުން ސައިކަލު ނުލިބި 6 މަހަށް ވުރެން ދިގު މުއްދަތެއް ހޭދަވެފައިވާކަމަށް، މި މައްސަލާގައި ހިމެނޭ މީހަކު "ނޫން" އާ ވާހަކަދައްކަމުން ބުނެފައިވެއެވެ. މިކަމާ ގުޅިގެން އެ ފިހާރަ ކައިރީގައި މި ފަހަކަށް އައިސް އެތައް ދުވަހަކު މުޒާހަރާ ވެސް ކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.