Advertisement

ބިދޭސީ ފިރިހެން މީހާ އަންހެން މީހާ ހިފަހައްޓައިގެން އުޅޭ މަންޒަރުފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް ---

02 Aug 2024
ޚަބަރު

ބަނގުލަދޭޝް ފިރިހެނެއްގެ ވޮލެޓް ފޭރުނު ދިވެހި އަންހެނަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށީގައި ބިދޭސީ ފިރިހެނެއްގެ ވޮލެޓް ފޭރުނު މައްސަލައެއްގައި ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރުގައި ކަމަށެވެ. އަދި އެމައްސަލަ އާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންތައްތައް ބަލައި މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ބިދޭސީ ފިރިހެނަކު ދިވެހި އަންހެނަކު ހިފަހައްޓައިގެން އުޅޭ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެވީޑިއޯއިން ފެންނަނީ، އަންހެންމީހާ ލައިގެން ހުރި ޓީޝާޓުގެ ފަސް ބަޔާއިއެކުގައި، ބިދޭސީ ފިރިހެން މީހާގެ އަތަށް އަޮޅާލައިގެން އޭނާ ހިފަހައްޓައިގެން އުޅޭ މަންޒަރެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.