Advertisement

02 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ހެނބަދޫ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

ނ. ހެނބަދޫ ޕޮލިސް ޑެސްކުގައި މަސައްކަތް ކުރަމުންދާ ފުލުހެއްގެ ސައިކަލަށް ގެއްލުންދީ، އެހެން ފުލުހެއްގެ ސައިކަލެއް ރޯކޮށްލައިފިއެވެ.

އެގޮތުން ބުދަ ދުވަހުގެރޭ ފުލުހެއްގެ ސައިކަލުގެ މަޑީގައި ކަޓަރު އެޅުމަށްފަހު، ބުރާސްފަތި ދުވަހުގެ ރޭ ވަނީ އެހެން ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައެވެ. ރޯކޮށްލި ސައިކަލު ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.

މި މައްސަލައާ ގުޅިގެން، ފުލުހުންގެ ތަރުޖަމާނު އަޙުމަދު ޝިފާން "އެކްސް" ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މިކަމަކީ ނޫނު އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާއި ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއްކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

ޝިފާން ހާމަކޮށްފައިވާ ގޮތުގައި، އެ ފަދަ އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތުކަމަށް ބަދަލެއް ނާންނާނެއެވެ.

"ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް އޮގަސްޓު 1 ވަނަ ދުވަހު ގެއްލުންދީ އަދި އިތުރު ފުލުހެއްގެ ސައިކަލުގައި ރޭ ދަންވަރު ވަނީ ރޯކޮށްލާފައި. މިކަމަކީ ނޫނު އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާއި ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއްކަމަށް ތުހުމަތުކުރެވޭ. މިފަދަ ފިނޑި އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަން މިފަދަ ވިސްނުމުގައި އަމަލުކުރަމުންދާ ފަރާތްތަކަށް ހަނދާންކޮށްދެން."

ފުލުހުންގެ ތަރުޖަމާނު އަޙުމަދު ޝިފާން "އެކްސް" ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަމަކަށް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

މި ހާދިސާއާ ގުޅިގެން އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، މިފަދަ ހާދިސާ ތަކަކީ ވަރަށް ސީރިއަށް ކަމެއް ކަމަށާއި، ފުލުހުންނާއި ދެކޮޅަށް މިފަދަ އަމަލެއް ހިންގުމަކީ ފުލުހުންގެ ހުރިހާ ރިސޯސްއެއް ބޭނުންކޮށް، މިފަދަ ކަންކަން ހުއްޓުވަން ވަގުތުން ފިޔަވަޅު އަޅަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި މި ހާދިސާއިން ރަމްޒުކޮށްދެނީ، ހެނބަދޫގައި ފުލުހުންނާއި ފުލުހުންގެ އާއިލާތަށް ބިރުވެރިކަމަށް ހުށަހެޅިފައިވާ މިންވަރުކަމަށް ވެސް، ނަން ހާމަ ނުކުރުމަށް އެދި އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.