Advertisement

ޕީޖީ ޙުސައިން ޝަމީމަށް ހަމަލާ ދިނުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން --- ފޮޓޯ: ޕޮލިސް

21 Aug 2024
ޚަބަރު

ޕީޖީ ޝަމީމަށް ހަމަލާ ދިން މީހުންނަށް ދަޢުވާކުރަން ފޮނުވައި ވަނަވަރު އާއްމުކޮށްފި

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ހަަމަލާދީ މާރާމާރީ  ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި 7 މީހުންގެ ތަޙްޤީޤު ނިންމައި އެމީހުންގެ މައްޗަށް ދަޢުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްއަށް މައްސަލަ ފޮނުވައިފިއެވެ. 

ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމައްސަލައިގެ ތަޙްޤީޤު ނިންމައި ދަޢުވާކޮށްދިނުމަށް އެދި މައްސަލަ ފޮނުވީ މިމަހުގެ 18ވަނަ ދުވަހުގައި ކަމަށެވެ. އަދި އެމީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައި ކަން ހާމަކޮށް އެމީހުންގެ ވަނަވަރުވެސް ފުލުހުން ވަނީ އާއްމުކޮށްފައެވެ. 

ޕީޖީ ހުސައިން ޝަމީމަށް ހަމަލާދީ މާރާމާރީ ހިންގުމާއި އެކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންނަކީ.

1- އަބާން ޢަބުދުލް ޙައްނާން (23އ) ރުވާ، ތ. ދިޔަމިގިލި

2- ޒަޔާން ނަޞީރު (23އ) ކެމީހިޔާ، އދ. މާމިގިލި

3- ޝަމާލް ހުސައިން (21އ) މުސްތަރީގެ، ތ. ގާދިއްފުށި

4- އަޙްމަދު މައިސާން ހާޝިމް (20އ) ދރނ 2247، ކ. މާލެ

5- މުޙައްމަދު ޖަޒްލާން (22އ) ޖަވާހިރުވިލާ، ލ. ގަން، ތުނޑި

6- މިދުހަތު އާދަމް (24އ) ރިވެލި ރ. އަލިފުށި

7- ރަޖުވާން ލަޠީފް (22އ) މުރިނގު. ލ. މާމެންދޫ

ޕީޖީ ޙުސައިން ޝަމީމަށް ޙަމަލާދީފައި ވަނީ، މާލޭ ނޫރު މިސްކިތް ކައިރިންނެވެ. މޫނު ނިވާކޮށްގެން ތިބި ދެމީހުން މަރުތޭލަކުން ދިން ހަމަލާގައި، އެމަނިކުފާނުގެ ވައަތުގެ ކަށިގަނޑެއްގައި ރެނދެއްލިއެވެ. ޝަމީމަށް ހަމަލާދިނުމުގައި އަމަލީގޮތުން 2 މީހަކު ބައިވެރިވި އިރު އަނެއް 5 މީހުންނަކީ އެހަމަލާ ރާވައި އެހީތެރިވެދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނެވެ.

ކޮމެންޓް
ދިވެހި ޒުވާނުން
ކަލޯމެންނޭ މީހަކު ކިތަންމެ ފައިސާއެއްދީފަ މީހަކަށް އަނިޔާއެއް ދޭން ބުނެގެން ވެސް އެކަންކޮށްފިއްޔާ މުޅި ޢުމުރަށް އެމީހާ އުޅެންޖެހޭނީ ވަރަށްހާގާ އެދުވަހަކުން އެއްކަލަ ފައިސާދިންމީހާވެސް ކުރާނީ މަލާމާތް. ޒުވާނުން ހޭޖެހި ވިސްނާބަ
21 Aug 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.