Advertisement

އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރި މީހުން

01 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި އެންމެންގެ ވަނަވަރު ހާމަކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތައް ކައިރީގައި ބުދަ ދުވަހުގެ މެންދުރުފަހު ކާރެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓަށްފަހު، ފިލައިގެން ދިޔަ ކާރު ޑުރައިވަރުގެ އިތުރުން، އެ ކާރުގައި ތިބި އިތުރު ދެ މީހަކު ހައްޔަރުކޮށް އެންމެންގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ.

މި އެކްސިޑެންޓު ހިނގި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އިއްޔެ ހަވީރު ފެތުރިފައިވާ އިރު، ވީޑިއޯ އިން ފެންނަ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ  ކާރު ކޮންޓްރޯލުން ނެއްޓިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ކާރު ގޮސް އަރާފައިވަނީ ރޯޑް ޑިވައިޑާއެއްގެ ގޮތުގައި ހަދާފައިވާ ތަނަށެވެ. އަދި އެއަށްފަހު މަގުގެ ހުޅަނގު ފަޅިން އަރިމައްޗަށް ސައިކަލުގައި މަޑުކޮށްލައިގެން އިން މީހެއްގެ ގައިގައި ޖެހި، އޭނާ ވިއްސައިގެން ގޮސް ބޮޑެތި އަނިޔާތަކެއް އޭނާއަށް ވަނީ ވެފައެވެ.

އެކްސިޑެންޓަށްފަހު ކާރު ދުއްވަން އިން ޑުރައިވަރު ވަނީ ފިލާފައެވެ. ނަމަވެސް އޭނާ ހޯދާ ހައްޔަރުކޮށްފައިވާކަމަށް، ބުދަ ދުވަހުގެ އިރުއޮއްސުނުފަހުން ފުލުހުން ހާމަކުރިއެވެ. އަދި އޭގެ ފަހުން، ކާރުގައި ދެން ތިބި ދެ މީހުން ހައްޔަރުކޮށްފައިވާކަމަށް ރޭ ދަންވަރު ފުލުހުން ވަނީ ބުނެފައެވެ.

އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހުން؛

1.    އިކްރާމުއްރަހުމާން، ހ. ނޫރަންމާގެ

2.    އިބްރާހިމް އިކްރާމް، މ. ލޭންޑް އޮފް ގާޑަން

3.    ޖިނާހު އިސްމާއީލް، އާޒާދުގެ، ގއ. ކަނޑުހުޅުދޫ

މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އަދި މި އެކްސިޑެންޓުގައި އަނިޔާވި މީހާ ފަރުވާ ހޯދަމުން ދަނީ އައިޖީއެމްއެޗްގައެވެ.

ކޮމެންޓް
ބޭބެ
އަސްު ލިޔަންވީ 3ޝައިތާނުން ހައްޔަރުކޮށް ފިެވެ
01 Aug 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.