Advertisement

ހުޅުމާލެ ޕޮލިސް --

16 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ފުލުހެއްގެ ގައިގައި ކާރަކުން ޖައްސައި ފިލި ދެމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފި

މާރާމާރީ ހުއްޓުވުމަށް މަސައްކަތް ކުރި ފުލުހެއްގައިގައި ކާރުން ޖެއްސުމަށްފަހު ފިލި ދެމީހުންގެ ތެރެއިން އެކަކު ހޯދައި ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރޭ ފަތިހު 4:07 ހާއިރު ހުޅުމާލެ ފިލިގަސް މަގުގައި ބަޔަކު މާރާމާރީ ހިންގާ ކަމުގެ ރިޕޯޓް ލިބިގެން އެތަނަށް ފުލުހުން ދިޔުމުން މާރާމާރީ ހިންގުމުގައި ބައިވެރިވި މީހުންގެ ތެރެއިން ދެމީހަކު ކާރެއްގައި ފިލަން މަސައްކަތް ކުރި ކަމަށާއި، އެކާރު ހުއްޓުވުމަށް މަސައްކަތް ކުރި ފުލުސް މީހާގެ ގައިގައި ކާރު ޖެއްސުމަށްފަހުގައި އެމީހުން ފިލައިގެން ދިޔަ ކަމަށެވެ. އެހެން ނަމަވެސް ފިލި ދެމީހުންގެ ތެރެއިން އެކަކު ހޯދައި މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި އަނެއް މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާރާމާރީގައި އަނިޔާވި މީހާ އަށާއި، ފިލަން އުޅުނު މީހުން ކާރު ޖެއްސުމުގެ ސަބަބުން އަނިޔާވި ފުލުސް އޮފިސަރަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހުގައި މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އިއްޔެ އާއި މިއަދު މާލެ ސަރަހައްދުގައި ހިނގާ މާރާމާރީތައް ވަނީ އިތުރުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.