Advertisement

އީދު ބަންދާއި ދިމާކޮށް ލަފައި ފުރާ އުޅަނދުތައް ޗެކް ކުރުމުގެ އޮޕަރޭޝަނެއް ފެށުން -- ފޮޓޯ: ޕޮލިސް

13 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

އީދަށް ފުރާ އުޅަނދުތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

އަޟްޙާ ޢީދު ބަންދާ ދިމާކޮށް މާލެއިން އަތޮޅުތަކަށް ގިނައަދަދެއްގެ ބަޔަކު ފުރައި އަދި އަތޮޅުތަކުން މާލެއަށް ގިނަބަޔަކު ޒިޔަރަތްކުރާނެކަމަށް ބެލެވޭތީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ އޮޕަރޭޝަނެއް މެރިން ޕޮލިހުން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އިއްޔެ ފެށި މި އޮޕަރޭޝަން ޖޫން އީދު ބަންދު ނިމި ސަރުކާރު ހުޅުވޭ ދުވަސްކަމުގައިވާ ޖޫން 23 ވާ އާދިއްތަ ދުވަހާއި ހަމައަށް ކުރިޔަށް ގެންދާނެ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި އޮޕަރޭޝަނުގައި، މާލެ އޭރިއާގެ ބަނދަރުތަކުން ލަފާފުރާ އުޅަނދުފަހަރާއި ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލައިފާސްކޮށް އަދި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތުދެމުން ގެންދާނެ ކަމަށެވެ. މީގެ އިތުރުން، އަތޮޅުތަކުން ލަފާފުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މައުލޫމާތުދިނުމާއި ބަލައިފާސްކުރުމުގެ ކަންކަން އަތޮޅުތަކު ޕޮލިސް ސްޓޭޝަންތަކުންވެސް ކުރިޔަށް ގެންދާނެ ކަމުގައި ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.

ކޮންމެ އަހަރެއްގައިވެސް ސްކޫލު ޗުއްޓީ އާއި އަދި އީދު ބަންދާއި ދިމާކޮށް މެރިން ޕޮލިސް އާއި ކޯސްޓްގާޑުންވެސް އުޅަނދުތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ހިންގައެވެ. ކުރިން މިއޮޕަރޭޝަންތައް ހިންގަނީ ހަމައެކަނި މާލެއަށް ލަފައި ފުރާ އުޅަނދުތަކަށް އަމާޒުކޮށްގެން ނަމަވެސް، އަތޮޅުތަކުގެ ރަށްތަކުން ލަފައި ފުރާ އުޅަނދުތައް ޗެކްކުރުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ އިތުރުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.