Advertisement

ސިނަމާލެ ބްރިޖް -- ފޮޓޯ: ނޫން.އެމްވީ

16 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ޕިކަޕެއްގައި ގިނަ އަދަދެއްގެ މީހުން އުފުލި މައްސަލައެއް ބަލަން ފަށައިފި

އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޚިލާފަށް، ޕިކަޕަކަށް ގިނަ އަދަދެއްގެ މީހުން އަރުވައިގެން ދުއްވި މައްސަލައަކާއި، ރެޖިސްޓްރީކޮށްފައި ނުވާ އުޅަނދެއް ދުއްވި މައްސަލައެއް ބަލަން ފަށާފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ޕިކަޕަކަށް ގިނަ އަދަދެއްގެ މީހުން އަރުވައިގެން ދުއްވި މައްސަލައެެއް ބަލަންފަށާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވާއިރު، މިހަފްތާގައި ވަނީ، ޕިކަޕަކަށް ލޭބަރުން އަރުވައިގެން ދުއްވާ މައްސަލައެއް އާއްމުންގެ މީހަކު ސޯޝަލްމީޑިއާގައި ފެންމަތިކޮށްފައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ ޕިކަޕަކަށް ގިނަ އަދަދެއްގެ މީހުން އަރުވައިގެން ދުއްވި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު، 17:17 ހާއިރުގައި ކަމަށެވެ. އަދި އެމައްސަލަ ފުލުހުން މިހާރު ބަލަމުން ގެންދާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރަޖިސްޓްރީކޮށްފައި ނުވާ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދެއްގައި ވަގު ބޯޑެއް އަޅުވައިގެން ދުއްވި މައްސަލައެއްވެސް 18:18 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އަދި އެއުޅަނދު ދުއްވި މީހާއަކީ އިންޖީނުލީ އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސްވެސް ނެތް މީހެއް ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.