Advertisement

ފުލުުހުންގެ މައި އިދާރާ --

02 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

މީހަކު މަރުވި ލޯންޗު އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި ކެޕްޓަންގެ ބަންދަށް 15 ދުވަސް ޖަހައިފި

މީހަކު މަރުވި، ލޯންޗް އެކްސިޑެންޓާއި ގުޅިގެން ހައްޔަރު ކުރި، ކެޕްޓަންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން އޭނާގެ ބަނަދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.

އިއްޔެ ހެނދުނު އދ. ދަނގެތީ ކައިރިން ތިލައެއްގެ ކައިރިއަށް ފާނަ ބާނަން ފައިބާއޮތް މީހެއްގެ ގައިމަތިން ލޯންޗު ދިޔުމުގެ ސަބަބުން އެމީހާ ވަނީ މަރުވެފައެވެ. އެމީހާ މަރުވީ ލޯންޗުގެ ބުރަފަތިތަކުގައި ޖެހި އެމީހާގެ ހަށިގަނޑު ވަރަށް ބޮޑަށް ކަފައިގެން ދިޔުމުގެ ސަބަބުންނެވެ.

އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ ހެނދުނު 7:05ގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. އަދި އެކްސިޑެންޓާއި ގުޅިގެން ލޯންޗު ދުއްވި، ކެޕްޓަން ހައްޔަރުކޮށް ފުލުހުން ވަނީ އެމައްސަަލަ ތަޙްޤީޤު ކުރަން ފަށާފައެވެ.

މިއެކްސިޑެންޓް ގައި މަރުވި، މީހަކީ، ފ.އަތޮޅު ފީއަލީގެ ފާނަ މަސްވެރިކަން ކުރާ މަސްދޯންޏެއްގައި މަސައްކަތް ކުރަމުން އައި ބިދޭސީ މީހެކެވެ. އޭނާ މޫދަށް ފައިބައި އޮތީ އޭނާ އެތާނގައި އޮތްކަން އެނގޭ ގޮތަށް ބާސްކެޓްތަކުގައި ރީނދޫ ކުލައިގެ ދިދަވެސް ޖަހައިގެންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.