Advertisement

ނޮޅިވަރަމް ފުޓްސަލް ދަނޑުގައި އަލިފާން ރޯކޮށްފައި --

17 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލައިފި

ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށް ދަނޑުގައި އަޅާފައިވާ ޓާފް އަންދާލައިފިއެވެ.

މީގެ ކުރިންވެސް ވަނީ އެދަނޑުގައި އަޅަން ގެނެސްފައި ހުރި ޓަާފްތަކުގައި ބަޔަކު ރޯކޮށްލައި އަންދާލާފައެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި، ފުޓްސަލް ދަނޑުގައި ބަޔަކު ގަސްދުގައި ރޯކޮށްލީ ކަމުގެ ހެކިތައް އެސަރައްހަދުން ފެނިފައިވެއެވެ. އެހެން ނަމަވެސް އަލިފާނުގެ މިހާދިސާ އާއި ގުޅިގެން ފުލުހުން ވިދާޅުވީ، އެމައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

އެދަނޑުގައި އަލިފާން ރޯވެފައި ހުއްޓައި ފެނިފައި ވަނީ ރޭ ފަތިހު 5:24 ހާއިރުގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
05 Apr 2025
އެމްޓީސީސީ
ގުޅީ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި
މާލޭ އަތޮޅު ގުޅީގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޟްރޫއުގެ ތެރެއިން ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއިން ހާމަކޮށްފިއެވެ.
05 Apr 2025
ރައީސް މުޙައްމަދު ނަޝީދު
އެންމެ ރަގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން: ނަޝީދު
ރާއްޖެއަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ މޯލްޑިވިއަން ޑިމޮކްރަޓްސް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސް ގުޅުން ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
05 Apr 2025
ޚަބަރު
ފުރަން ދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލަ ހުށައަޅާފައި ވަނީ ރޭގައި ކަމަށެވެ. އަދި އެމީހާ ހައްޔަރުކޮށް އޭނާގެ ބަންދަށް 6 ދުވަސް ޖަހާފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
05 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ކިޔަވާ ކުދިންނަށް ފައިސާ ޖަމާވުން ލަސްވާ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެއްޖެ
އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގައި ދިރިއުޅެމުންދާ ދިވެހި ދަރިވަރުންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ދަރިވަރުންނަށް އުނދަގޫވާ ކަންކަން އެ މަނިކުފާނަށް އެނގިލައްވާ ކަމަށާއި، އެކަންކަން ހައްލުކުރައްވާނެ ކަމަށެވެ.