Advertisement

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --

13 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

އަދި ނުވެސް އަންނަ އަހަރުތަކަށް، ޓްރާންސްޕޯޓު މިނިސްޓްރީ ވެހިކަލް ރަޖިސްޓްރީ ހަދައިދީފައިވާކަން ފަޅާއަރައިފި

ވެހިކަލްގެ ވިޔަފާރި ކުރާ ފަރާތަކާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޔަކު ގުޅިގެން، އަދި ނުވެސް އަންނަ އަހަރުތަކަކަށް ބައެއް އުޅަނދުތައް ރަޖިސްޓްރީކޮށްފައިވާ ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، ވެހިކަލްވިޔަފާރި ކުރާ ފަރާތަކާއި، ޓްރާންސްޕޯޓް މިނިސްޓްރީގައި ތިބި ބަޔަކު ގުޅިގެން މިއަމަލު ހިންގަމުން ދިޔަކަމަށް ފުލުހުންގެ ތަޙްޤީޤަށް ހާމަވީ، އެއާޕޯޓުގައި އެމްއޭސީއެލްގެ މެނޭޖިންގ ޑައިރެކްޓަރ ވެހިކަލް އެއާޕޯޓުން ވަގަށްނަގައިގެން އެމައްސަލަ ތަޙްޤީޤު ކުރަމުން ދިޔައިރުއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމްއޭސީއެލްގެ މެނޭޖިންގ ޑައިރެކްޓަރުގެ ކާރު އެއާޕޯޓުން ވަގަށް ނަގައިގެން ހުޅުމާލެއަށް ގެންގޮސް ހުޅުމާލެ އޮރެންޖް ހިޔާކައިރީގައި، ބާއްވާ ނަމްބަރ ޕްލޭޓް ބަދަލުކޮށްގެން މާލެއަށް ގެނައިކަން ތަޙްޤީޤަށް ހާމަވެފައިވާ ކަމަށެވެ. އަދި އެވެހިކަލް ގެންގޮސް ވައްދާފައި ވަނީ ހެންވޭރު، އީރާނުގޭގެ ގްރައުންޑް ފްލޯގައި، ހުރި ގަރާޖެއްގެ ތެރެއަށް އެ ވެހިކަލް ވެއްދިކަންވެސް ފުލުހުންނަށް ހޯދިފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމްއޭސީއެލްގެ ކާރު ފެނުނު ގަރާޖު ކުއްޔަށް ނަގައިގެން އުޅުނު، މ. މޮޑަން ކޮމެޓް އަހްމަދު ނިޒާމް,(23އ) އާއި އެއުޅަނދު ވަގަށް ނެގުމަށް އެހީތެރިވެދިން ކަމަށް ތުހުމަތު ކުރެވުނު، މ. ސީނިއަސުރުމާގެ  މުހައްމަދު ހައިޝަމް, (42އ) ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެގަރާޖުގެ ތެރެއިން ކުރިން ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ އިމިގްރޭޝަންގެ ކާރުވެސް ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން އެގަރާޖުގެ ތެރޭގައި ގިނަ އަދަދެއްގެ އުޅަނދުތަކުގެ ބައިތައް ހުރިކަން ފާހަގަކޮށް ފުލުހުން ވިދާޅުވީ، ވަގަށް ނަގައިގެން ގެންނަ އުޅަނދުތަކުގެ އިންޖީނު  ނަމްބަރާއި ޗެސިސް ނަމްބަރު ކަހާލައި، ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިން ބަޔަކާއި ގުޅިގެން ރަޖިސްޓްރީކޮށް ވިއްކައި ވިޔަފާރި ކުރަމުން ދިޔަކަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަހްމަދު ނިޒާމްއާ އޭނާގެ އަންހެނުންގެ ނަންމަތީގައި 100 ގިނަ އުޅަނދު ރަޖިސްޓްރީކޮށްފައި ހުރި އިރު އޭގެ ތެރޭގައި، ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދުގެ 86 ވެހިކަލް ހިމެނޭ ކަމަށެވެ. ފުލުހުން ވިދާޅުވީ، އޭގެ ތެރެއިން ބައެއް ކާރުގެ ރަޖިސްޓްރީ ހަދާފައި ވަނީ 2025ވަނަ އަހަރަށާއި، 2027 ވަނަ އަހަރަށްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ކުށުގެ މިޢަމަލުތައް ހިންގާފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިން ބަޔަކާއި ގުޅިގެންކަންވެސް ފުލުހުންގެ އިދާރާއިން ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް
އިއްބެ
ތިޔަކަހަލަކިތައްކަންތައްކޮށްފައިވާނެބާ މިދިޔައަހަރުތޮއްޑޫގައިއުޅޭބަންގާޅުމީހަކަށް5000ފަސްހާސް ރުފިޔާއަތުލާފައިވަނީސައިކަލު ލައިސަންސެއްދީފައެވެ
13 Jun 2024
ޙެޔޮނުވާނެ
މީސްމީހުންގެ އެޑްރެސް އަދި އުމުރު ޖަހާއިރު ރަނގަޅު މައުކޫމާތު ހޯދައިގެން ޖަހާބަލަ. މ. މޮޑަން ކޮމެޓް އެއް ނޫން މ. މޮޑަން ހިޔާ. ޢުމުރުވެސް ނުބައިިކޮށް....ޕިސް ޕިސް
13 Jun 2024
ޙަސަން ޒަރީރު
ތި ކަންތައް ހިނގައިދިޔަ ތާރީޚު އެނގި ނުލައްވަނީތޯ؟
13 Jun 2024
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.