Advertisement

ފުލުހުން ކާރެއް ޓޯޯވ ކުރަނީ -- ފައިލް ފޮޓޯ ޕޮލިސް

15 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

މާލޭގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ ހަތަރު ފޮޅުލީ ގިނަ އުޅަނދުތައް ޓޯވކޮށްފި

އާއްމު ދަތުރުފަތުރަށް ދަތިވާގޮތަށް މާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުރި ގިނަ ހަތަރު ފޮޅުލީ ގިނަ އަދަދެއްގެ ވެހިކަލް ފުލުހުން ޓޯވކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު، 163 އުޅަނދެއް ޓޯވކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ރަޖިސްޓްރީކޮށްފައި ނުވާ އުޅަނދެއްވެސް ހިމެނޭ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވާ ގޮތުގައި ހަތަރުފުރޮޅުލީ އުޅަނދުތައް ޓޯވކޮށްފައިވަނީ، އަމީނީ މަގުންނާއި، އިއްޒުއްދީން މަގުންނާއި، ބޮޑު ތަކުރުފާނު މަގުންނެވެ.

މިގޮތުން ބޮޑު ތަކުރުފާނު މަގު، ކަޅުތުއްކަލާ ކޮއްޓާއި ހިސާބުން ފެށިގެން ފަތާ ޓްރެކާއި ހަމައަށް އެމަގުން 84 އުޅަނދު ނަގާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ އަނެއް 79 އުޅަނދު ނަގާފައި ވަނީ، ބޮޑު ތަކުރުފާނު މަގު ސެނަހިޔާ ހޮސްޕިޓަލުން ފެށިގެން މާގިރި ހޮޓަލާއި ދެމެދުންނާއި، އަދި އަމީނީމަގުންނާއި، އިއްޒުއްދީން މަގުން ކަމަށެވެ.

އާއްމު ދަތުރު ފަތުރަށް ދަތިވާ ގޮތަށް މަގުތަކުގައި ޕާކުކޮށްފައި ހުންނަ ކާރާއި ޕިކަޕްފަދަ ހަތަރުފުރޮޅުލީ އުޅަނދުތައް ޓޯވ ކުރި ނަމަވެސް މާލޭގައި ޤަވާއިދާ ޚިލާފަށް ޕާކުކުރުމުގެ މައްސަލައަށް ހައްލެއް ނުލިބެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.