Advertisement

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގެ ސްކްރީން ޝޮޓެއް

01 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

އެކްސިޑެންޓްވުމުން ލޯންޗު އަޅާ ނުލައި ދިޔައީ، ބިދޭސީ މީހާ ނެގީ އެހެން ލޯންޗަކުން!

މިއަދު ހެނދުނު އދ. ދަނގެތީ ކައިރީގައި ފާނަ ބާނަށް މޫދުގައި އޮތް ބިދޭސީ މީހާގެގައި ގައި ލޯންޗުން ޖެހުމުންވެސް އެލޯންޗު އަޅާނުލައި ދިޔައީ ކަމަށާއި، ބިދޭސީ މީހާ ޒަޚަމްވެފައި ވަނިކޮށް ނެގީ އެސަރަހައްދުން ދަތުރު ކުރި އެހެން ލޯންޗަކަށް ކަމުގައި މައުލޫމާތު އެނގޭ މީހުން ބުނެފިއެވެ.

އެކްސިޑެންޓްގައި މަރުވީ، ފ. ފީއަލީގެ ދޯންޏަކުން އދ. މާމިގިލީ ކައިރީގައި އޮތް ފަޅެއްގެ ކައިރިއަށް ފާނަ ނަގަން ފައިބައި އޮތް ބިދޭސީ މީހެކެވެ. ބިދޭސީ މީހާ މޫދުގައި ފާނަ ބާނަން އޮތީ، އޭނާ ގެންގުޅުނު ބާސްކެޓްތަކުގައި ދުރަށް ފެންނަ ގޮތަށް އޮރެންޖް ކުލައިގެ ދިދަ ޖަހައިގެންނެވެ. އޭނާ ޒަޚަމްވެފައި އޮތް ތަނުގައި އޭނާ ބާނާ ފާނަ އަޅަން ގެންގުޅުނު 2 ބާސްކެޓް އޮތް އިރު އެއިން ކޮންމެ ބާސްކެޓެއްގައިވެސް، އޮރެންޖު ކުލައިގެ ދިދައެއް ޖަހާފައި ހުއްޓެވެ.

އެނގިފައިވާ ގޮތުގައި ބިދޭސީ މީހާގެ ގައިމަތިން ދަތުރުކޮށްފައި ދިޔަ ލޯންޗަކީ، އދ. ދނގެތިން ފުރައިގެން މިއަދު ހެނދުނު މާލެއަށް އައި ލޯންޗެކެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވަނީ އެލޯންޗު ދުއްވި ކެޕްޓަން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހާދިސާ ހިނގި ސަރަހައްދުން ދަތުރު ކުރި އެހެން ލޯންޗަކަށް ޒަޚަމްވި ބިދޭސީ މީހާ ނަގާ މަންޒަރުފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ވަނީ އާއްމު ވެފައެވެ. އެވީޑިއޯ އިން ފެންނަ ގޮތުގައިވެސް ބިދޭސީ މީހާ އޮތް ތަނުގައި ކަނޑު ތެރެވެސް އޮތީ ލެއިން ކަޅިވެފައެވެ.

މިހާދިސާ ފުލުހުން ގެންދަނީ ތަޙްޤީޤުކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.