Advertisement

މާަލޭގެ ޢީދު މިސްކިތް -- ފޮޓޯ ސިޓީ ކައުންސިލް

21 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

މާލޭގެ މިސްކިތްތަކުގެ ވައްކަން ކުރުމުގެ 21 މައްސަލައެއް ވަނީ ހުށައަޅާފައި: ފުލުހުން

މިއަހަރުގެ މިހާތަނަށް މާލޭ މިސްކިތްތަކުން ވައްކަން ކުރުމުގެ 21 މައްސަލައެއް ހުށައަޅާފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާލޭގެ މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލަަތައް ހުށައެޅި އެމައްސަލަތައް ފުލުހުން ބަލަމުންދާ ކަމަށާއި، މިގޮތުން ވަގަށް ނަގާފައިވާ ބައެއްތަކެތި ހޯދައި ހަވާލުވެސް ކުރެވިފައިވާ ކަމަށެވެ. މިގޮތުން، އެ މައްސަލަތަކުގައި ހިމެނޭ 6 ފަންކާ، 2 ފޯނު އަދި ފެންމޯޓަރެއް ހޯދައި ވަނީ ހަވާލު ކުރެވިފައިވާ ކަމުގައި ސިޓީ ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި އެމައްސަލަތައް ހައްލު ކުރުމަށް ސިޓީކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މާލޭ ސިޓީކައުންސިލުން ވިދާޅުވީ، މާލޭގެ ޢީދު މިސްކިތުން މި މަހު އެކަނިވެސް 10 ފަންކާ ވަގަށް ގެންގޮސްފައިވާކަމަށާއި، މިސްކިތުގެ ކެމެރާ ފުޓޭޖްތައް ނަގާ ފުލުހަށް މައްސަލަ ހުށައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މިސްކިތްތަކުން ވައްކަން ކޮށް ތަކެއްޗަށް ގެއްލުންދީ ނުހެދުމަށް މާލޭ ސިޓީކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. މިސްކިތްތަކަށް ވަދެ ވައްކަން ކުރާކަމަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތި ބޭނުން ކުރާ ޒުވާނުންނަށެވެ. އަދި އެމީހުން މިސްކިތްތަކުން ވަގަށް ނަގާތަކެތި ގަންނަނީ ބިދޭސީން ކަމަށްވެސް އެނގިފައި އޮވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.