މާލޭ ސިޓީ ކައުންސިލް
15 Mar 2024
ޚަބަރު
ޤަވާއިދާއި ޚިލާފަށް ބިދޭސީން ބައިތިއްބާފައިވާ ގޮޅިތައް ބަލައި ޖޫރިމަނާ ކުރަން ފަށައިފި
މާލޭ ސިޓީ ކައުންސިލުން ބުނީ، މިއަދުވެސް ސިޓީ ކައުންސިލުން ގޮޅިތައް ބަލާފައިވާކަމަށާއި، ހުއްދަ ނެތި ގޮޅިތަކުގައި ބިދޭސީން ބައިތިއްބާފައިވާ ދެ ފަރާތެއް މިއަދުވެސް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
14 Mar 2024
ޚަބަރު
ސިޓީކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ނިންމައިފި
ކުރީގެ މޭޔަރުގެ ދުވަސްވަރުގައި، ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް، ޕިންކް ސްކައި މޯލްޑިވުސް ނަމަކަށް ކިޔާ ކުންފުންޏަކާއި ހަވާލުކުރިއެވެ. އެހެންނަމަވެސް އެކުންފުންޏަށް އެޚިދުމަތް ދެވޭ ގޮތެއް ނުވިއެވެ.
13 Mar 2024
ޚަބަރު
ސަރުކާރުން ދޭ ހަނޑުލާއި ފުށް ފަސްހާހަށް ވުރެ ގިނަ މީހުންނަށް ދޫކޮށްފި
މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އިއްޔެއާއި ހަމައަށް 5301 މީހަކަށް ވަނީ ހަނޑުލާއި ފުށް ހަވާލުކޮށްފައެވެ. ސަރުކާރުން ދޫކުރާ ހަނޑޫ އަދި ފުށް މާލެ ސަރަހައްދުގެ ގޭބިސީތަކަށް ދޫކުރަން ފަށާފައި ވަނީ، ހޮނިހިރު ދުވަހުން ފެށިގެންނެވެ.
10 Mar 2024
ޚަބަރު
މަޤާމާއި ހަވާލުވި އިރު މާލޭ ސިޓީ ކައުންސިލްގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅެމުންދާ 18 ބިދޭސީން ތިބި: އާޒިމް
އާޒިމް ވިދާޅުވީ، ދައުލަތުގެ އިދާރާއެއްގެ މަސައްކަތްތައް ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ލައްވައި ކުރުވުމަކީ ކޮށްގެންވާނެ ކަމެއްކަމަށް ދެކެވަޑައި ނުގަންނަވާކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.
10 Mar 2024
ޚަބަރު
ރޯދައަށް ގެދޮރު ސާފުކޮށް މަގުމަތި މުޅިން ގޮނޑުކޮށްލައިފި
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ފާއިތުވި ހަފްތާގައި މާލޭ ސިޓީ ކައުންސިލުން އެކަނިވެސް މަގުތައް މަތިން 140 ޓަނު ކުނި ނަގާފައިވާ ކަމަށާއި، އެއީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 20 ޓަނުގެ ކުނި ކަމަށެވެ. އާޒިމް ވިދާޅުވީ، މާލޭގެ މަގުތައް މައްޗަށް ކުނިއަޅަމުންދާ މިންވަރަށް ބަލާއިރު އެކުނިތައް ނަގައި ދުވަހުން ދުވަހަށް ސާފުކުރުމުގެ ކެޕޭސިޓީއެއް، މާލެ ސިޓީކައުންސިލާއި ވެމްކޯގައިވެސް ނެތް ކަމަށެވެ. އެހެންކަމުން އާއްމުން ޒިންމާދާރު ވުމަށާއި، މަގުތައް މައްޗަށް ކުނި ނޭޅުމަށް އާޒިމް އެދިވަޑައިގެންނެވިއެވެ.
29 Feb 2024
ޚަބަރު
މޭޔަރުކަމަށް ހަވާލުވުމަށްފަހު އާޒިމް ބާއްވާ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން މިރޭ
އާދަމް އާޒިމް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ބާއްވަވާ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން މިރޭ ބާއްވަން ނިންމައިފިއެވެ. މިއީ ލާމަރުކަޒީ ގާނޫނުން ކޮންމެ ކައުންސިލަކަށް ވެސް ބޭއްވުމަށް ލާޒިމްކުރާ ބައްދަލުވުމެކެވެ.
14 Feb 2024
ޚަބަރު
މާލޭ ސަރަހައްދުގެ މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ ދަށަށް
މާލޭ ސަރަހައްދުގެ މިސްކިތްތައް ފޮޅާ ސާފުކުރުމުގެ ކަންކަން ސީދާ ކައުންސިލުން ކުރިއަށް ގެންދަން ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
10 Feb 2024
ޚަބަރު
ރޯދަމަހަށް ބަހާ ކާޑުގެ ބާވަތް ހޯދަން ރަޖިސްޓްރީވާން ނުޖެހޭނެކަމަށް ވަޒީރު ވިދާޅުވެއްޖެ
މި ސަރުކާރުން ރޯދަ މަހާއި ދިމާކޮށް ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް ބަހަން ނިންމާފައިވާއިރު, ރަޖިސްޓްރީ ނުވިޔަސް އެތަކެތި ލިބޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު ޢާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
09 Feb 2024
ޚަބަރު
ކެޓް ފެސިލިޓީ އަޅާނެ ބިން ހަވާލުކޮށްފި
ކެޓް ޝެލްޓަރ ހަދަން ކަނޑައަޅާފައިވާ ބިން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ. މި ބިން ހަވާލުކޮށްފައިވަނީ މިއަދުއެވެ. އެ މަޝްރޫއު ކުރިއަށްގެންދިއުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މާލެ ސިޓީ ކައުންސިލާ ހަވާލުކުރީ މިދިޔަ ޖެނުއަރީ މަހުގައެވެ.
30 Jan 2024
ޚަބަރު
މާލޭ މަގުތަކުން ވިއްކި ޕާކިން ސްލޮޓްތަކަށް ޝަކުވާއަށް ހުޅުވާލައިފި
ހަތަރު ފުރޮޅުލީ އުޅަނދުތަކަށް މާލޭގެ މަގުމަތިން ދޫކުރި ޕާކިން ޖާގަތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން، ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
26 Jan 2024
ޚަބަރު
ހުޅުމާލޭގައި ވަގުތީ ކެޓް ޝެލްޓަރ އަޅަން މާލެ ސިޓީ ކައުންސިލަށް
ހުޅުމާލޭގައި ވަގުތީ ކެޓް ޝެލްޓަރއެއް ހަދަން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން މާލެ ސިޓީ ކައުންސިލާ ހަވާލުކުރައްވައިފިއެވެ.
24 Jan 2024
ޚަބަރު
6 މަސްދުވަހުގެ ތެރޭގައި މާލޭގައި އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދަށް ގޮތެއް ނިންމާނަން: އާޒިމް
ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި މާލެ ސިޓީގައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތާއި ގުޅޭގޮތުން ގޮތެއް ނިންމަވާނެކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
22 Jan 2024
ޚަބަރު
ލޯތްބާއި އޯގާތެރި ކަމުގެ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކޮށްދެއްވުމަށް އައު މޭޔަރު އެދިވަޑައިގެންފި
އާޒިމް ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ ކަންކަން ހައްލުކޮށްދެވޭނީ ސަރުކާރާއި މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުމާއެކުގައި ކަމަށާއި، ސިޓީ ކައުންސިލަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އޭނާ ޔަޤީން ކުރައްވާ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމް ތަރުތީބުވެ ހިނގަމުންދަނީ، މަރުކަޒީ ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ހިންގޭނެ ނިޒާމެއްގެ ގޮތުގައި ކަންވެސް އާޒިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
22 Jan 2024
ޚަބަރު
އާދަމް އާޒިމް މާލޭ ސިޓީގެ މޭޔަރު ކަމުގެ ހުވާކުރައްވައި މަޤާމުގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެންފި
ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރަށާއި ކައުންސިލް މެމްބަރުންނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.
22 Jan 2024
ޚަބަރު
ރަސްމާލެ އާއި މާލެ ކަނޑުއަޑީގެ ޓަނަލަކުން ގުޅާލައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފޭރާން ހެޔޮނޫން ސިޔާސަތަކުން ހައްލުވާން ނެތް މައްސަލަ، ފޭރާން ހެޔޮ ސިޔާސަތަކުން، މާލޭގެ ގެދޮރުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ. އަދި ރަސްމާލެ އާއި މާލެ ގުޅުވާލުމަށްޓަކައި ފަންނީ، އީޖާދީ މަސައްކަތްތަކެއް މިހާރު ވަނީ ފަށާފައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ
20 Jan 2024
ޚަބަރު
ހުޅުމާލެ ސަހަރާގައި ފެން ބޮޑުވެ މީހުން ވަޅުނުލެވޭ މައްސަލަހައްލުކުރުމަށް ޑްރެއިން ސިސްޓަމެއް ޤާއިމް ކުރަނީ
ވާރޭ ވެހި ހުޅުމާލެ ސަހަރާގައި ފެންބޮޑުވެ، މީހުން ވަޅު ނުލެވޭ މައްސަލަ ހައްލު ކުރުމަށް ދޮޅުފޫޓަށް ވެލި އަޅައި، ޑްރެއިން ސިސްޓަމެއް ގާއިމްކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.