Advertisement

ދޮންފެހިގޭގެ ފުރަތަމަ ފަންގި ފިލާ --

18 May 2024
ޚަބަރު
ޢަލީ ސުލައިމާން

މަގުމައްޗަށް ފެންފައިބާ އިމާރާތެއް ޗެކް ކުރި އިރު، މަގު ހިނގާ މީހުން ބޮލަށް ފައިބަނީ ފާޚާނާގެ ނަޖިސް ފެން

މާލޭގެ އިމާރާތްތަކުންނާއި ބެލްކަނިތަކުން މަގުމައްޗަށް ފެންފައިބާ މަގު ހިނގާ މީހުންނަށް އެކަމުގެ ދަތިތައް ކުރިމަތިވާތީ އެކަން ހައްލުކުރުމަށް، މާލޭ ސިޓީ ކައުންސިލުން އިންސްޕެކްޝަންތައް ފެށުމާއި އެކު، ގ. ދޮންފެހި ގޭގެ ފުރަތަމަ ފަންގިފިލާގެ ފާޚާނާގެ ތަޅުމުގައި އުފެދޭ ފެން އިމާރާތުގެ ފާރު މަގުމައްޗަށް ލޯވަޅެއް އަޅައި މަގަށް ފައިބާ ގޮތަށް ހަދާފައި ހުއްޓައި ފެނިއްޖެއެވެ.

ގަލޮޅު ދޮންފެހި ގެއަކީ، ގަލޮޅު ސަބުދެރިޔާ މަގުގައި ހުންނަ ގެއެކެވެ. އެގޭގެ ފުރަތަމަ ފަންގިފިލާ ހުންނަނީ މަގަށް ވާގޮތަށް ބޭރަށެވެ.

މާލޭ ސިޓީ ކައުންސިލުން އާއްމު ކުރި ވީޑިއޯ --

މާލޭ ސިޓީކައުންސިލުން ވިދާޅުވީ، އެކަން ކުރި ފަރާތާއި މެދު ފިޔަވަޅު އަޅައި ޖޫރިމަނާކޮށް، އެކަން ރަނގަޅު ކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި އާއްމުރައްޔިތުންނަށް އުނދަގޫވާ ގޮތަށް އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލޭ މަގުމައްޗަށް އެކި އިމާރާތްތަކުން ފެންތިކި ޖަހާ މައްސަލަ އަކީ ޒަމާނުއްސުރެ ހައްލުނުކުރެވި އޮތް މައްސަލަ އެއް ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ހުސްވި ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ފަށާފައިވާ ކަމުގައި އާޒިމް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން މެއި މަހުގެ 14 ވަނަ ދުވަހާއި ހަމައަށް އެކަނިވެސް މަގުމައްޗަށް ފެންތިކި ޖަހާ ގޮތަށް ހުރި 30 ތަނެއް ފާހަނގަ ކޮށް، އެތަންތަން މަރާމާތުކޮށް ރަނގަޅުކުރުމަށް އިމާރާތްތަކުގެ ވެރިފަރާތްތަކަށާއި އެތަންތާނގައި ދިރިއުޅޭ ފަރާތްތަކަށް އަންގާފައިވާ ކަމުގައި އާޒިމް ވިދާޅުވިއެވެ.

މާލޭގެ އިމާރާތްތަކުން މަގުމައްޗަށް ފެންފޭބުމާއި ބެލްކަނީގައި ނުވަތަ ޓެރަހުގައި ހުންނަ ގަސްތަކަށް ފެންދޭއިރު، މަގު ހިނގާ މީހުންނާއި ދުއްވާ މީހުންގެ ބޮލަށް ފެންފައިބާ މައްސަލައާއި، ބެލްކަނިތަކުންނާއި ކުޑަދޮރުތަކުން މަގުމައްޗަށް ކުޅުޖެހުމާއި ހައްޕުޑު އުކުމާއި، ދޮންނަ މެޝިނުން ބޭރުވާ ހަޑިފެންތައް މަގުމައްޗަށް ދޫކޮށްލާ މައްސަލައަކީ މާލޭގައި އެތައް ޒަމާނެއްވީ މައްސަލަތަކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.