Advertisement

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް --

23 May 2024
ޚަބަރު
ޢަލީ ސުލައިމާން

ފަލަސްޠީނާއި ގުޅުވައި މާލޭގެ މަގަކަށް ނަމެއް ދޭން މޭޔަރު ހުށައަޅުއްވައިފި

ފަލަސްޠީނާއި ގުޅުވައި މާލޭގެ މަގަކަށް ނަން ދިނުމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ހުށައަޅުއްވައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ  ވަނަ ދައުރުގެ 146 ވަނަ ޖަލްސާއަށް އެކަން ހުށައަޅުއްވަމުން އާޒިމް ވިދާޅުވީ، މާލޭގައި ނަމެއް ނުދީ އޮތް ދެމަގެއް އެބަ އޮތްކަމަށާއި އެދެމަގަކުން މަގަކަށް ނުވަތަ އެހެން މަގަކަށް ނަމަވެސް ފަލަސްޠީނާއި ގުޅުވައި ނަމެއް ދިނުމަށް ހުށައަޅުއްވާ ކަމަށެވެ. އަދި އެކަމުގައި ބޭނުންފުޅުވެވަޑައިގަންނަވަނީ ކައުންސިލްގެ މަޝްވަރާ އާއި ލަފާ ކަމުގައި އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު މި ހުށައަޅާ ހުށައެޅުމެއް. ތިޔަ ބޭފުޅުންގެ ލަފަޔަކަށް މިހުށައަޅަނީ. އަޅުގަނޑުމެން ނަން ނުކިޔާ ދެމަގެއް އެބައޮތް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ. އެތަނުން މަގަކަށް ނުވަތަ އެހެން މަގަކަށް ނަމަވެސް، ދެން ދުނިޔޭގައި އަޅުގަނޑުމެން އުމުރުން މިހާތަނަށް އައި އިރުގައިވެސް ފަލސްޠީނަކީ އަސްލުގައި އަޅޫގަނޑުމެންގެ ހިތާއި، ވަރަށް ގުޅިފައި ހުރިތަނެއް. އެހެންވީމާ، އަޅުގަނޑުމެންގެ މަގަކަށް،  ފަލަސްޠީނު ހިނގުން، ހިނގުން ނަމަވެސް، ކޮންމެވެސް ނަމެއް ކިޔުން ކިހިނެއްތޯއޭ ފެނިވަޑައިގަންނަވަނީ."

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް --

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އެދިވަޑައިގެންނެވީ އެކަމުގައި ސިޓީ ކައުންސިލްގެ އެހެން މެމްބަރު ޚިޔާލު ދެއްވުމަށެވެ.

ސިޓީ ކައުންސިލްގެ އެއް މެމްބަރަކު ފިޔަވައި އެެހެން މެމްބަރުން ވަނީ އެކަމަށް ތާއީދު ކުރައްވާފައެެވެ. އެހެން ކަމުން މަގަށް ކިޔާނެ ނަމެއް ފައިނަލްކޮށް އެކަން އިޢުލާނު ކުރައްވާނެ ކަމުގައި އާޒިމް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަކީ، ފަލަސްޠީނާއި މެދު އަބަދުވެސް ޚާއްޞަ ގޮތްތަކެއް ބަހައްޓާ ޤައުމެކެވެ. ކޮންމެ ސަރުކާރެއް އޮތަސް ދިވެހި ދައުލަތުން ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ފަލަސްޠީނުގެ ހައްޤުގައި ކުރާ ވަކާލާތު ކުރުމަކަށް ބަދަލެއް ނުގެނެއެވެ. ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، އަދި ފަލަސްޠީނުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމުގައި ކަނޑައެޅުމަށް ދިވެހިރާއްޖެއިން އަންނަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ވަކާލާތު ކުރަމުންނެވެ.

ކޮމެންޓް
ދޮށީބޭ.
ޚާންޔޫނުސް ކިޔަންވީ..
23 May 2024
ހިލަބެ
އާދަމް އާޒިމްގެ ތިޔަހުށައެޅުއްވުމަކީ ވަރަށްރަނގަޅު ހުށަހެޅުއްވުމެއް އުއްމީދަކީ ހުށައެޅުއްވިގޮތަށް ނަންދެއްވާނެކަމަށް …
23 May 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.