Advertisement

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް --

26 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންނާއި މެދު ކަންތައް ކުރާ ގޮތާއި މެދު މޭޔަރު އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންނާއި މެދު ކަންތައް ކުރާ ގޮތާއި މެދު މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ދިހަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން، ސްކޫލް އޮފް މެޑިސިން ހިންގަމުން އައި ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތުން ކުދިން ނެރެލައި، ސްކޫލް އޮފް މެޑިސިން ޤައުމީ ޔުނިވަސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަން ބިލްޑިންގއަށް ބަދަލުކުރުމަށް މިހާރު ވަނީ ނިންމާފައެވެ. އެނިންމުމާއި ގުޅިގެން ދަރިވަރުންގެ ޔޫނިއަންއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިމައްސަލައިގެ ކަންބޮޑުވުން ފާޅުކުރައްވައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ އެތައް ހާސް ދަރިވަރުންނަށް އަސަރު ކުރާނެ ކަމެއް ކަމަށާއި، އެކުދިން އިމާރާތުން ނެރުމަކީ މެޑިސިން ފަދަ ކޯހެއްގައި ކިޔަވާ ދަރިވަރުންތަކެއް ކިޔެވުމަށް ކުރަންޖެހޭނެ މަސައްކަތާމެދު ވިސްނާނުލާ ދެވޭ ނިކަމެތި ކަމެއް ކަމަށެވެ. މީގެ އިތުރުން އެކުދިންގެ ކިޔެވުމަށް ކުރާ މަސައްކަތަކީ ވަރަށް ބުރަކޮށް ކުރާ ހޭދައެއްކަމާއި އަދި ބެލެނިވެރިންގެވެސް ވަރަށްބޮޑު އުންމީދެއްކަން އާޒިމް ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ، ދަރިވަރުންނާމެދު ޢަމަލުކުރަންވާނީ މިއަށްވުރެ އިންސާނިއްޔަތުކަން އިސްކޮށްކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި، ދާއިމީ ހައްލެއް ލިބެންދެއް ދަރިވަރުންނަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ތިބެވެންޖެހޭނެ ކަމަށް އެމަނިކުފާނުވެސް ދެކެވަޑައިގަންނަވާ ކަމަށެވެ.

މިނިންމުމާއި މެދު ދަރިވަރުންނާއި ދަރިވަރުންގެ ޔޫނިއަންއިން ކަންބޮޑުވުން ފާޅުކުރި ނަމަވެސް އެކަން ދިފާޢުކޮށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.