Advertisement

އާސަހަރާގައި ހަދާ އިމާރާތުގެ މަސައްކަތް ނިންމުމަށް އައު ކުންފުންޏަކާއި ހަވާލުކުރުން --

19 May 2024
ޚަބަރު
ޢަލީ ސުލައިމާން

އާ ސަހަރާގެ މަސައްކަތްތައް ނިންމަން އެހެން ކުންފުންޏަކާއި ހަވާލުކޮށްފި

މާލޭ އާ ސަހަރާގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އެހެން ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

ސިޓި ކައުންސިލުން ބުނީ، އާސަހަރާގައި އަޅަން ފަށާފައިވާ އިމާރާތުގެ މަސައްކަތް ނިންމުމަށް، ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާ ކަމަށެވެ. އެމަސައްކަތް ހޮނިހިރު ދުވަހު ހަވާލުކޮށްފައި ވަނީ، 2.7 މިލިޔަން ރުފިޔާ އަށެވެ.

އެކުންފުންޏާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ، 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މި އެއްބަސްވުމުގައި ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއެކުރެއްވީ، އެކުންފުނީގެ ޑިރެކްޓަރ މުޙައްމަދު އައިމަންއެވެ. މާލޭ ސިޓި ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއެކުރެއްވީ، ސެކްރެޓަރީ ޖެނެރަލް ވަޖީހް ނަސީރުއެވެ. މިއެއްބަސްވުމުގައި ސޮއެކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.

އާ ސަހަރާގައި ހަދާ އިމާރާތުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކޮށްފައި ވަނީ، ޕީއެންޕީ މޯލްޑިވްސްއާއެވެ. އެކުންފުންޏަށް މަސައްކަތްތައް ނުނިންމުމުން އެކުންފުންޏާއިއެކު ހަދާފައިވާ އެއްބަސްވުން ވަނީ ބާޠިލްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.