Advertisement

މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަރީޝް ---

16 Mar 2025
ޚަބަރު

ޑެޕިއުޓީ މޭޔަރަކަށް އަރީޝް އިންތިޚާބުކޮށްފި

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަރީޝް އިންތިހާބުކޮށްފި އެވެ.

މިއަދު އޭނާ ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ހޮވާފައި ވަނީ، މާލޭ ސިޓީ ކައުންސިލުން ބޭއްވި އެކައުންސިލުގެ ޖަލްސާގައެވެ.

ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ކުރިމަތިލެއްވީވެސް ޢަރީޝް އެކަންޏެވެ. އެހެންވެ އެމަޤާމަށް ޢަރީޝް ހޮވުމަށްޓަކައި ނަގާފައި ވަނީ، ފެންނަ ނުފެންނަ ވޯޓެއް ކަމަށާއި،  ސިއްރު ވޯޓެއްގެ ގޮތުގައި ނެގި އެވޯޓުގައި ކައުންސިލްގެ 16 މެމްބަރުންވެސް ވޯޓު ދެއްވީ އަރީޝް ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ހޮވަން ފެންނަ ކަމަށް ކަމުގައި ސިޓީ ކައުންސިލުން ހާމަކުރައްވާފައި ވެއެވެ.

މާލޭސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް މަޤާމުން އިސްތިއުފާ ދެއްވީ، މިދިޔަ ބުދަ ދުވަހުގައެވެ. އޭނާ ވަނީ ޔޫތު މިނިސްޓަރުގެ އެޑްވައިޒަރުގެ މަޤާމަށް ޢައްޔަނުކުރެއްވުމުން މިއަދު އޮފީހަށް ނުކުންނަވަން ފައްޓަވާފައެވެ. 

އަދި ކުރީގެ ޑެޕިއުޓީ މޭޔަރު ނަރީޝް ވަނީ ޢަރީޝްއަށް މަރުހަބާ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
09 Apr 2025
މާލޭ ސިޓީ
މާލޭގެ ހެންވޭރު ޓާމިނަލުން ލޯކަލް މާރުކޭޓާ ހަމައަށް ތާރު އަޅަނީ
ތާރު އަޅަން ނިންމާފައިވާ ސަރަހައްދުގެ ދިގުމިނުގައި 830 މީޓަރު ހިމެނެއެވެ. އަދި އެ މަޝްރޫއުގެ ދަށުން 737 މީޓަރުގެ ސަރަހައްދެއް ޝީޓު ޕައިލްކޮށް ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމާއި ޑްރެއިނޭޖް ސާވިސް ލައިނެއް އެޅުމުގެ އިތުރުން ހިނގާ މީހުންނަށް ވަކި ލޭނެއް ތައްޔާރު ކުރުން ހިމެނެއެވެ.
09 Apr 2025
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދަތުރުފަތުރުގެ ދާއިރާގެ ހާދިސާތައް ތަހުޤީޤުކުރަން ޚާއްޞަ އިދާރާއެއް އުފައްދަވައިފި
"މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި އެ އިދާރާ ހިންގަމުންދާނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާގެ ދަށުންނެވެ.
09 Apr 2025
އެސްޓީއޯ
ގޭސް ގަތުމުގެ ބާރު އެސްޓީއޯއަށް ދީފި
ގޭސް ގަތުމުގެ ހުރިހާ ޒިންމާތަކާއި ބާރެއް މޯލްޑިވް ގޭހުގެ އަތުން ނަގައި، އެ ކަން ކުރުމުގެ މަސައްކަތް އެސްޓީއޯ އިން ފަށާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
07 Apr 2025
ޖުޑީޝަލް ސަރވިސް ކޮމިޝަން
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝަހީދު ޖޭއެސްސީއަށް އައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސ. ހިތަދޫ، ބާޒީގެ އޮނަރަބަލް އަލްއުސްތާޛު ޙުސައިން ޝަހީދު، މިއަދު ޢައްޔަނުކުރައްވައިފިއެވެ.