Advertisement

މާލޭ މަގުމަތިން ބައު އުޅަނދުތައް ނެގުން ---

22 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

މާލޭގެ މަގުތައް މަތިން ބައު އުޅަނދުތައް ނަގަންފަށައިފި

މާލެ ސިޓީގެ މަގުތަކަކީ ސާފުތާހިރު ހިތްފަސޭހަތަނަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން މާލޭ މަގުމަތީ ހުންނަތާ ގިނަދުވަސްވެ، ބާވެ ހަލާކުވެފައި ހުރި އުޅަނދުތައް ނަގަން ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ހާމަކުރައްވާ ގޮތުގައި އެމަސައްކަތް ހޮނިހިރު ދުވަހު ފަށާފައި ވަނީ، އެކައުންސިލާއި، ފުލުހުންގެ އިދާރާއިން ގުޅިގެންނެވެ. މާލެ ސިޓީ ކައުންސިލުން ފާހަގަކުރައްވާަފައިވާ ގޮތުގައި މާލޭގެ މަގުތައް މަތީގައި އަދި ޕާކިން ޒޯނުތަކުގައި ގިނަ އަދަދެއްގެ ބައު އުޅަނދުފަހަރު މަގުމައްޗަށް ދޫކޮށްލާފައި އެބަހުއްޓެވެ. އެހެންވެ އެތަކެތި ނަގައި މަގުތައް ސާފު ކުރުމަކީ، ދުއްވާ އެއްޗިއްސާއި ހިނގާމީހުންނަށްވެސް އެކަމުން ފަސޭހަތައް ލިބިގެންދާނެކަމެއްކަން ސިޓީކައުންސިލުން ފާހަގަކުރައްވާފައި ވެއެވެ.

މީގެ ކުރިން ފުލުހުންނާއި އެޗްޑީސީން ގުޅިގެން ވަނީ، ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގައި ހުރި އެފަދަ ބައު އުޅަނދުތައް ނެގުމުގެ މަސައްކަތްތަކެއް މިދިޔަ މަހުގެ ތެރޭގައި ކޮށްފައެވެ. އެފަހަރުވެސް ހުޅުމާލޭގެ މަގުތައް މަތިން 300 އާއި ގާތްކުރާ އަދަދަކަށް އުޅަނދުތައް ނަގާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.