Advertisement

ޕެޓް ކެއާ ފެސިލިޓީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

29 Mar 2024
ޚަބަރު

ހުޅުމާލެ ފޭސް 2ގައި އަޅާ ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އަޅައިފި

ހުޅުމާލެ ފޭސް 2ގައި އަޅާ ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އަޅައިފިއެވެ.

މިފެސިލިޓީގެ ބިންގާ އަޅުއްވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.

މި ފެސިލިޓީގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު އޮތީ، ބުރާސްފަތި ދުވަހުގެ ހަވީރު ހުޅުމާލެ ފޭސް 2 ގައި، ޕެޓް ކެއަރ ފެސިލިޓީ އެޅުމަށް ހަމަޖައްސާފައިވާ ބިމުގައެވެ.

ސަރުކާރުން އަޅާ މި ފެސިލިޓީއަކީ މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުމަތީގައާއި އަދި މި ނޫންވެސް ޢާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާ ގިނަވެ، އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ޤާއިމުކުރުމަށާއި އާންމު ތަންތަނުގައި ބުޅާ ގިނަވުމުގެ ސަބަބުން ފެތުރިދާނެ ބަލިތަކުން އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ބޭނުމުގައި ޤާއިމުކުރާ ފެސިލިޓީއެކެވެ.

މި ފެސިލިޓީގައި ބުޅާތައް ކަރަންޓީނު ކުރާނޭ ސަރަޙައްދަކާއި، ކްލިނިކަކާއި، ފާމަސީއާއި، ލެބޯޓްރީ އަދި ހިޔާވަހިކަމާއި، އެކަށީގެންވާ ޞިއްޙީ ފަރުވާ އަދި ކުޅޭ ސަރަހައްދު ފަދަ ތަފާތު ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ލިބިގެން ހުންނާނެ ކަމުގައި ސަރުކާރުން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ގޭގައި ގެންގުޅޭ ބުޅާތަކަށްވެސް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ މި ފެސިލިޓީން ލިބިގެންދާނެކަމުގައި ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އަދި މި ފެސިލިޓީ ޤާއިމުކުރުމުން މާލެ ސަރަހައްދުގައި ބުޅާތައް ގިނަވެފައި ވުމުން ކުރިމަތިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމުގައިވެސް ސަރުކާރުން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި ޕެޓް ކެއާ ފެސިލިޓީއެއް ޤާއިމްކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ރިޔާސީ ކެޕްމޭނުގެ ތެރޭގައިވެސް ވެވަޑައިގެންނެވި ވަޢުދުފުޅެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.