Advertisement

ރައީސް ޔާމީނުގެ ސަރުކާރުގައި ޗާޕްކުރި ކީރިތި ޤުރުއާނުގެ ތަރުޖަމާތަކެއް އުކާލާފައި --

27 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ނައްތާލަން ބޭނުންވާ ބާ މުޞްޙަފުތަކާއި، ފޮތްތަކާއި ލިޔުންތައް މާލޭ ސިޓީ ކައުންސިލަށް ބަލައިގަންނަން ފަށައިފި

ނައްތާލަން ބޭނުންވާ ބާ މުޞްޙަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ޙަދީޘް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް މާލޭ ސިޓީ ކައުންސިލަށް މިއަދުން ފެށިގެން ބަލައިގަންނަން ފަށައިފިއެވެ.

އެކައުންސިލުން ވިދާޅުވީ، މާލޭ ސަރަޙައްދުގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބާ މުޞްޙަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ޙަދީޘް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް، މިއަދުން ފެށިގެން މެއި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ބަލައިގަންނަމުންދާނެ ކަމަށެވެ. 

މިގޮތުން މިތަކެތި ބަލައިގަންނަމުންދާނީ،  27 އޭޕްރީލް 2024 ން 2 މެއި 2024 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ހަވީރު 4:00 އަށް މި އިދާރާގެ ޢާއްމު ޚިދުމަތްތަކާބެހޭ ބައި (ތައިސޭކޮށި) ވިލިމާލެ ސެކްޝަން އަދި ހުޅުމާލެ ސެކްޝަނުންނެވެ.

މިއީ މާލޭ ސިޓީ ކައުންސިލުން އަހަރަކު ދެފަހަރު ކުރިޔަށް ގެންދިޔުމަށް ހަމަޖައްސާފައިވާ ކަަމެކެވެ. މިގޮތުން، ނައްތާލަން ބޭނުންވާ ބާ މުޞްޙަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ޙަދީޘް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް ނެގުމަށް އިއުލާނުކުރި މިއީ މިއަހަރުގެ ފުރަތަމަ ފަހަރެވެ.

ގިނަ ދުވަސްވީ ބައު މުސްހަފުތަކާއި ފޮތްތައް އަދި ޤުރުއާން ލިޔެފައި ހުންނަ ތަކެތި އާއްމު ކުންޏާއި އެކު އުކާލުމަކީ ކޮށްގެންވާނޭ ކަމެއް ނޫންކަމުގައި ދީނީ ޢިލްމުވެރިން މީގެ ކުރިންވެސް ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި ޗާޕްކުރި ކީރިތި ޤުރުއާނުގެ ތަރުޖަމާތަކެއް 2017 ވަނަ އަހަރުގެ އޮގަސްޓް މަަހުގެ ތެރޭގައި ބަޔަކު ތިލަފުށީ ގޮނޑަށް އުކާލުމާއި ގުޅިގެން ވަރަށް ބޮޑަށް މައްސަލަ ގޯސްވިއެވެ. 

ކޮމެންޓް
ސ.
އެއީ އެމް.ޑީ.ޕީ ސަރުކާރުގެ ޕްރޮޕެގެންޑާ. ދީނީކަންކަން ނައްތާލުން.
27 Apr 2024
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.