Advertisement

މާލޭގެ މަގުމަތި ---

20 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

އިމާރާތްތަކުން މަގުތައް މައްޗަށް ފެން ފައިބާ މައްސަލަތައް ހައްލު ކުރަން އަންގަން ފަށައިފި

މާލޭ ސިޓީގެ އިމާރާތްތަކުން މަގުމައްޗަށް ފެންފައިބާ މައްސަލަ ހައްލު ކުރުމަށް ވެރިފަރާތްތަކަށް އަންނަގަން ފަށާފައިވާ ކަމުގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ، ދިޔަދޮވި އަދި އޭސީ ތަކުން މަގުމައްޗަށް ފެންފައިބާ މައްސަލަތަކަކީ، އެކަމުގެެ ސަބަބުން ހިނގާ ބިނގާވެ އުޅޭ މީހުންނަށް ތަކުލީފަކަށްވެފައި އޮންނަ ކަމެއް ކަމަށާއި އެކަމާއި ގުޅިގެން ކައުންސިލުން ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ. މިގޮތުން އަސްކަނިތަކާއި ދިޔަ ދޮވިތަކުން އަދި އޭސީން މަގުމައްޗަށް ފެން ފައިބާ 12 އިމާރާތެއް އިއްޔެ އިންސްޕެކްޓްކޮށްފައިވާ ކަމަށާއި، އަދި އެކަންކަން އިސްލާޙް ކުރުމަށް ވެރިފަރާތްތަކަށް އަންގާފައިވާ ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މަގުމައްޗަށް ފެން ފޭބުމުގެ މައްސަލަ ދިމާވާ، ހުރިހާ އިމާރާތެއްގެ ވެރިންވެސް، ދިޔަ ދޮވިތަކާއި އޭސީ ހޮޅިތައް ވީހާވެސް އަވަހަަަކަށް ރަނގަޅުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މާލޭ ސިޓީގެ އިމާރާތްތަކުން ދުވާރުތަކުގެ މައްޗަށް، ފެން ފައިބާ މައްސަަލައަކީ، ހިނގާ ބިނގާވެ އުޅޭ މީހުންނަށް ވަރަށް ބޮޑަށް އުނދަގޫތަކާއި ކުރިމަތިލާންޖެހޭ މައްސަލައެކެވެ. މީގެ އިތުރުން ބައެއް އިމާރާތްތަކުން ޓެރަސް ފަދަ ތަންތަންދޮވެފައި، އަދި އެއްޗެހި ދޮވެފައި މަގުމައްޗަށް ފެންގަނޑު ދޫކޮށްލާ މައްސަލަ އާއިވެސް ހިނގާމީހުން ކުރިމަތިލާން ޖެހެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.