Advertisement

މާލޭ ސިޓީ ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގެ ތެރެއިން -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

11 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރުގެ މަޤާމެއްގައި ހުރެ ޖުޑީޝަރީއަށް ނުފޫޒު ފޯރުވާ މީހަކު ހުރިނަމަ ވަގުތުން މަޤާމުން ވަކިކުރާނަން: ރައީސް

ސަރުކާރުގެ މަޤާމެއްގައި ހުރެ ޖުޑީޝަރީއަށް ނުފޫޒު ފޯރުވާ މީހަކު ހުރިނަމަ އެމީހަކު ވަގުތުން މަޤާމުން ވަކިކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭ ސިޓީ ކައުންސިލަށް ކުރެއްވި ޒިޔާރަތަށްފަހުގައި، އޮންލައިން ނޫސް އަދަދުން ކުރި ސުވާލުތަކަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ޔާމީނުގެ ޝަރީއަތަށް މިސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށް ރައީސް ޔާމީނު ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އެކަމާއި ގުޅޭ ގޮތުން ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބުދުއްރަހީމް ދައްކަވާފައިވާ ވާހަކަފުޅުތަކަށްވެސް ރައީސް ޔާމީނު ރައްދު ދެއްވާފައިވެއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، ސަރުކާރުގެ ބައެއް މަޤާމުތަކުގައި ބޭފުޅުން ޝަރުޢީ ދާއިރާގެ ބައެއް ބޭފުޅުންނާއި ދައްކަވާފައިވާ ވާހަކަފުޅުތަކެއްގެ ރެކޯޑިންގ ހުރިކަމުގައިވެސް ވިދާޅުވެފައެވެ.

ސަރުކާރަށް ރައީސް ޔާމީނު ކުރައްވާފައިވާ ތުހުމަތުތަކާއި ގުޅޭ ގޮތުން ސުވާލުދެންނެވުމުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ ގޮތަށް ޝަރުޢީދާއިރާއަށް މިސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރައްވާ ބޭފުޅަކު ސަރުކާރުގެ މަޤާމެއްގައި ހުރެެއްޖެނަމަ ވަގުތުން މަޤާމުން ވަކިކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ކިބައިން، އަދި އަޅުގަނޑު ޢައްޔަނުކޮށްފައި ހުރި މަޤާމެއްގައި ހުރި މީހެއްގެ ކިބައިންވެސް، ޝަރީއަތަށް ޝަރުޢީ ނިޒާމަށް، ނުފޫޒެއް ފޯރުވުމަކީ އަޅުގަނޑު ޓޮލަރޭޓް ކުރާނެ ކަމެއް ނޫން. ނުހިނގާނެ"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ، ރައީސް ޔާމީނުގެ ސަޕޯޓަރުންގެ ތާއީދާއި މަދަދާއި އެކުގައި، އެމަނިކުފާނު ރައީސް ޔާމީން މިނިވަންކޮށްދެއްވާނެ ކަމުގައި ވެވަޑައިގެންނެވި ވަޢުދާއި އެކުގައެވެ. މިސަރުކާރަށް 10 މަސް ފުރެންދާއިރު، އަދިވެސް ރައީސް ޔާމީނު މިނިވަންވެފައި ނުވާތީ، އެކަމާއި ގުޅުވައި، ރައީސް ޔާމީނާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށާއި ސަރުކާރަށް ތުހުމަތުތައް ކުރަމުންނެވެ.

ރައީސް ޔާމީން ބަންދު ލުއިކޮށް ގޭބަންދަށް ބަދަލުކުރެއްވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.