މާލޭ ސިޓީ ކައުންސިލް
29 Feb 2024
ޚަބަރު
މޭޔަރުކަމަށް ހަވާލުވުމަށްފަހު އާޒިމް ބާއްވާ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން މިރޭ
އާދަމް އާޒިމް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ބާއްވަވާ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން މިރޭ ބާއްވަން ނިންމައިފިއެވެ. މިއީ ލާމަރުކަޒީ ގާނޫނުން ކޮންމެ ކައުންސިލަކަށް ވެސް ބޭއްވުމަށް ލާޒިމްކުރާ ބައްދަލުވުމެކެވެ.
14 Feb 2024
ޚަބަރު
މާލޭ ސަރަހައްދުގެ މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ ދަށަށް
މާލޭ ސަރަހައްދުގެ މިސްކިތްތައް ފޮޅާ ސާފުކުރުމުގެ ކަންކަން ސީދާ ކައުންސިލުން ކުރިއަށް ގެންދަން ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
10 Feb 2024
ޚަބަރު
ރޯދަމަހަށް ބަހާ ކާޑުގެ ބާވަތް ހޯދަން ރަޖިސްޓްރީވާން ނުޖެހޭނެކަމަށް ވަޒީރު ވިދާޅުވެއްޖެ
މި ސަރުކާރުން ރޯދަ މަހާއި ދިމާކޮށް ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް ބަހަން ނިންމާފައިވާއިރު, ރަޖިސްޓްރީ ނުވިޔަސް އެތަކެތި ލިބޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު ޢާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
09 Feb 2024
ޚަބަރު
ކެޓް ފެސިލިޓީ އަޅާނެ ބިން ހަވާލުކޮށްފި
ކެޓް ޝެލްޓަރ ހަދަން ކަނޑައަޅާފައިވާ ބިން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ. މި ބިން ހަވާލުކޮށްފައިވަނީ މިއަދުއެވެ. އެ މަޝްރޫއު ކުރިއަށްގެންދިއުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މާލެ ސިޓީ ކައުންސިލާ ހަވާލުކުރީ މިދިޔަ ޖެނުއަރީ މަހުގައެވެ.
30 Jan 2024
ޚަބަރު
މާލޭ މަގުތަކުން ވިއްކި ޕާކިން ސްލޮޓްތަކަށް ޝަކުވާއަށް ހުޅުވާލައިފި
ހަތަރު ފުރޮޅުލީ އުޅަނދުތަކަށް މާލޭގެ މަގުމަތިން ދޫކުރި ޕާކިން ޖާގަތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން، ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
26 Jan 2024
ޚަބަރު
ހުޅުމާލޭގައި ވަގުތީ ކެޓް ޝެލްޓަރ އަޅަން މާލެ ސިޓީ ކައުންސިލަށް
ހުޅުމާލޭގައި ވަގުތީ ކެޓް ޝެލްޓަރއެއް ހަދަން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން މާލެ ސިޓީ ކައުންސިލާ ހަވާލުކުރައްވައިފިއެވެ.
24 Jan 2024
ޚަބަރު
6 މަސްދުވަހުގެ ތެރޭގައި މާލޭގައި އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދަށް ގޮތެއް ނިންމާނަން: އާޒިމް
ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި މާލެ ސިޓީގައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތާއި ގުޅޭގޮތުން ގޮތެއް ނިންމަވާނެކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
22 Jan 2024
ޚަބަރު
ލޯތްބާއި އޯގާތެރި ކަމުގެ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކޮށްދެއްވުމަށް އައު މޭޔަރު އެދިވަޑައިގެންފި
އާޒިމް ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ ކަންކަން ހައްލުކޮށްދެވޭނީ ސަރުކާރާއި މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުމާއެކުގައި ކަމަށާއި، ސިޓީ ކައުންސިލަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އޭނާ ޔަޤީން ކުރައްވާ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމް ތަރުތީބުވެ ހިނގަމުންދަނީ، މަރުކަޒީ ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ހިންގޭނެ ނިޒާމެއްގެ ގޮތުގައި ކަންވެސް އާޒިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
22 Jan 2024
ޚަބަރު
އާދަމް އާޒިމް މާލޭ ސިޓީގެ މޭޔަރު ކަމުގެ ހުވާކުރައްވައި މަޤާމުގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެންފި
ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރަށާއި ކައުންސިލް މެމްބަރުންނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.
22 Jan 2024
ޚަބަރު
ރަސްމާލެ އާއި މާލެ ކަނޑުއަޑީގެ ޓަނަލަކުން ގުޅާލައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފޭރާން ހެޔޮނޫން ސިޔާސަތަކުން ހައްލުވާން ނެތް މައްސަލަ، ފޭރާން ހެޔޮ ސިޔާސަތަކުން، މާލޭގެ ގެދޮރުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ. އަދި ރަސްމާލެ އާއި މާލެ ގުޅުވާލުމަށްޓަކައި ފަންނީ، އީޖާދީ މަސައްކަތްތަކެއް މިހާރު ވަނީ ފަށާފައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ
20 Jan 2024
ޚަބަރު
ހުޅުމާލެ ސަހަރާގައި ފެން ބޮޑުވެ މީހުން ވަޅުނުލެވޭ މައްސަލަހައްލުކުރުމަށް ޑްރެއިން ސިސްޓަމެއް ޤާއިމް ކުރަނީ
ވާރޭ ވެހި ހުޅުމާލެ ސަހަރާގައި ފެންބޮޑުވެ، މީހުން ވަޅު ނުލެވޭ މައްސަލަ ހައްލު ކުރުމަށް ދޮޅުފޫޓަށް ވެލި އަޅައި، ޑްރެއިން ސިސްޓަމެއް ގާއިމްކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
18 Jan 2024
ޚަބަރު
ސިޓީކައުންސިލްގެ މަސައްކަތްތައް އަތުލަން ސަރުކާރުން ކުރާ މަސައްކަތް ހުއްޓާލުމަށް އާޒިމް ގޮވާލައްވައިފި
މިއަދު މާލޭ ސިޓީކައުންސިލުން ވަނީ، މިއަދު ބޭއްވި އެކައުންސިލްގެ 4 ވަނަ ދައުރުގެ 130 ވަަނަ ޖަލްސާގައި ވަނީ، އެކައުންސިލުން ހިންގާ ބޮޑެތި ޕްރޮޖެކްޓްތައް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހިންގާ ގޮތަށް ފާސްކޮށްފައެވެ. އެހުށައެޅުން ފާސްކޮށްފައި ވަނީ ކައުންސިލްގެ ޖަލްސާގައި ބައިވެރިވި، މެމްބަރުންގެ ތެރެއިން 10 މެމްބަރުންގެ ވޯޓުންނެވެ.
13 Jan 2024
ޚަބަރު
މާލެ ސިޓީގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބު ކުރެއްވި އާޒިމަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
މިއަދު ބޭއްވި އިންތިޚާބު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. މިއިންތިޚާބުގައި އާދަމް އާޒިމް ވޯޓުލީ މީހުންގެ ގާތްގަނޑަކަށް %44 އިންސައްތަ ވޯޓު ހޯއްދެވިއެވެ.
13 Jan 2024
ޚަބަރު
ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް، ދެގަޑިއިރު ތެރޭ ވޯޓުލީ ޖުމުލަ 2000 މީހުން
08 Jan 2024
ޚަބަރު
އާބަންކޯއިން ސިޓީކައުންސިލްގެ ދަށަށް ބަދަލުވާ މުވައްޒަފުންނަށް އެއްއަހަރު ފަހުން މުސާރަކުޑަވާގޮތަށް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: އާޒިމް
އާޒިމް ވިދާޅުވީ އެމުވައްޒަފުންގެ މުސާރަކުޑަކޮށް އެފައިސާ ނުކަނޑައިވެސް އެކަން ކުރެވޭނެ ގޮތްތައް ހުންނާނެ ކަމަށެވެ. މިގޮތުން އެ މުވައްޒަފުންގެ މުސާރަކުޑަކޮށްގެން ދައުލަތަށް އެފައިސާއިން ކުރެވޭނެ ކަމަކަށްވުރެ އެމުވައްޒަފުންނަށް އެމުސާރަ ލިބޭނެ ގޮތަކަށް ބޭއްވުންވެސް މާރަނގަޅުވާނެކަން އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
08 Jan 2024
ޚަބަރު
އަޅުގަނޑު ވަނީ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކުރާނެ މީހަކަށް: އާޒިމް
އާޒިމް ވިދާޅުވީ، މިހާތަނަށްވެސް ކުރެއްވި ހުރިހާ މަސައްކަތެއްގައި މާތްﷲ ގެ ވާގިފުޅާއިއެކު ކާމިޔާބު ހޯދުނު ކަމަށެވެ. އެހެންކަމުން މިފަހަރު އިންތިޚާބަށް ނުކުމެވަޑައިގެންނެވީ ކާމިޔާބު ހޯދޭނެކަމުގެ ޔަޤީންކަމާއި އެކުގައި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ، މިހާތަނަށް ހަވާލުވި ކޮންމެ ތަނަކުންވެސް ވަކިވެވަޑައިގެންނެވީ އެތަނަކީ، ފައިދާވާ އަދި ހަރުދަނާ ތަނަކަށް ހައްދަވައި ދެއްވުމަށް ފަހުގައި ކަމަށެވެ.