Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

29 Feb 2024
ޚަބަރު

މޭޔަރުކަމަށް ހަވާލުވުމަށްފަހު އާޒިމް ބާއްވާ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން މިރޭ

އާދަމް އާޒިމް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ބާއްވަވާ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން މިރޭ ބާއްވަން ނިންމައިފިއެވެ. މިއީ ލާމަރުކަޒީ ގާނޫނުން ކޮންމެ ކައުންސިލަކަށް ވެސް ބޭއްވުމަށް ލާޒިމްކުރާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމަކީ މާލެ ސިޓީގައި ހުރި އެކި ކަންކަމާ ގުޅޭ ގޮތުން އާންމުންނަށް، މޭޔަރާ ސުވާލުކޮށް، ކަންބޮޑުވުން ފާޅުކޮށް އަދި ހިޔާލު ހުށަހެޅޭ ގޮތަށް ބާއްވާ ބައްދަލުވުމެކެވެ. 

މިރޭގެ ރައްޔިތުންގެ ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ މިރޭ 20:30 ގައި ލޮނުޒިޔާރަތް ޕާކުގައެވެ. މި ބައްދަލުވުމުގައި މާލެ ސިޓީގެ، ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

އާންމުންގެ ސުވާލުތަކާއި، ކަންބޮޑުވުންތައް އެހުމުގެ އިތުރުން، މި ބައްދަލުވުމުގައި ސިޓީ ކައުންސިލުގެ އެކި މަސައްކަތްތަކުގެ މައުލޫމާތު ވެސް ދޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
16 Apr 2025
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
މަދީނާގެ ހަރަމްފުޅުގެ އިމާމް ރާއްޖެ ވަޑައިގަންނަވަނީ
ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ކުރާއްވާ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރަށް، ޢާއްމު ރައްޔިތުންނަށް ދީނީ ދަރުހެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
16 Apr 2025
މެޑަން ސާޖިދާ މުޙައްމަދު
ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ކީރިތި ޤުރުއާނުން އިރުޝާދު ލިބިގަންނަން ޖެހޭ: މެޑަމް ސާޖިދާ
ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުންގެ ވާހަކަފުޅުގައި މިފަހަކަށް އައިސް ޤުރުއާން ކިޔެވުމުގެ މުބާރާތްތައް ބާއްވާ މިންވަރު އިތުރުވަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ދަރީންނާއި މުޅި މުޖުތަމަޢަކީ ކީރިތި ޤުރްއާނުގެ ހިޔާވަހިކަމަށް އެދޭ ބަޔަކަށްވުމަކީ ވަރަށް އުންމީދީ މަންޒަރެއްކަމަށާއި، އަދި އެއީ ހެޔޮ ބަދަލެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
16 Apr 2025
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އިސްރާޢީލު ޕާސްޕޯޓު މަނާކުރާ ބިލު ވަގުތުން ތަސްދީގުކުރައްވައިފި
އިސްރާއީލުގެ ޕާސްޕޯޓު މަނާކޮށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ގެނައި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
11 Apr 2025
މޯލްޑިްވްސް ޕޮލިސް ސަރވިސް
ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވުމުން ސަމާލުވާން އެދިއްޖެ
މަޤުބޫލުކަން ހޯދަމުން އަންނަ ޓެމޫގެ ނަމުގައި ސްކޭމްތައް އިރުވަމުން އަންނާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.