Advertisement

ސަރުކާރުން ހިލޭ ދޭ ކާޑު ބެހުން -- ފޮޓޯ: ސިޓީ ކައުންސިލް.

13 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރުން ދޭ ހަނޑުލާއި ފުށް ފަސްހާހަށް ވުރެ ގިނަ މީހުންނަށް ދޫކޮށްފި

މި ރޯދަމަހު ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހިލޭ ބެހުމަށް ނިންމާފައިވާ ހަނޑުލާއި ފުށް މިހާތަނަށް 5000 ވުރެ ގިނަ މީހުންނަށް ދޫކުރެވިފައިވާ ކަމުގައި މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އިއްޔެއާއި ހަމައަށް 5301 މީހަކަށް ވަނީ ހަނޑުލާއި ފުށް ހަވާލުކޮށްފައެވެ.

ސަރުކާރުން ދޫކުރާ ހަނޑޫ އަދި ފުށް މާލެ ސަރަހައްދުގެ ގޭބިސީތަކަށް ދޫކުރަން ފަށާފައި ވަނީ، ހޮނިހިރު ދުވަހުން ފެށިގެންނެވެ.

މާލެ ސަރަހައްދުގައި، ހަނޑޫ އަދި ފުށް ބަހަމުން ދަނީ، ސޯޝަލް ސެންޓަރުންނާއި، ގަލޮޅު ދަޑުންނާއި، މާލޭ ސިޓީ ކައުންސިލްގެ އާއްމު ޚިދުމަތްތަކާއި ބެހޭ ބައިންނާއި، ވިލިމާލޭ މަސްޖިދުލް ބިއްރީގަޔާއި، ހުޅުމާލެ ފޭސް 1 ގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގ އިންނާއި، ހުޅުމާލެ ފޭސް 2 ގެ ވިނަރެސް 10 ވަނަ ޓަވަރުންނެވެ.

ރޯދައަށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހިލޭ ދިނުމަށް ނިންމާފައި ވަނީ 10 ކިލޯ ހަނޑުލާއި، 10 ކިލޯ ފުށެވެ. މިރޯދަމަހު ކާޑު ދޫކުރުން ކުރިޔަށް ގެންދިޔުމަށް ހަމަޖައްސާފައި ވަނީ ރޭގަނޑު 9:00 އިން 12:00އަށެވެ.

މާލޭގައި ގޭބިސީތަކަށް ކާޑު ދޫކުރަން ފެށި ނަމަވެސް އަތޮޅުތަކުގެ ބައެއް ރަށްރަށަށް ކާޑެއް ނުލިބެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.