Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

22 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ރަސްމާލެ އާއި މާލެ ކަނޑުއަޑީގެ ޓަނަލަކުން ގުޅާލައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މިސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢު ހިންގުމަށް ރާވާފައިވާ، ފުށިދިއްގަރުފަޅުގައި ތަރައްޤީކުރާ، ރަސްމާލެ އާއި މާލެ ސިޓީ އަންޑަރ ވޯޓަރ ޓަނަލަކުން ގުޅާލައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްުޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާލޭ ސިޓީ ކައުންސިލަށް ހޮވިވަޑައިގެންނެވި މެމްބަރުން ހުވާކުރުމަށާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ހުވާކުރެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލައަކީ، ޚާއްޞަކޮށް މާލެ ސަރަހައްދުގައި އޮތް އެންމެ ބޮޑު މައްސަލައަކީ، ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަ ކުރައްވައި، މިދައުރު ނިމޭއިރު ބޯހިޔާވަހިކަމުގެ މުޅި މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމުގައި ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ގުޅިފަޅާއި، ގިރާވަރުފަޅު އަދި އުތުރު ތިލަފަޅާއި ހުޅުމާލެއިން ބޯހިޔާވަހި ކަމުގެ މުޅި މައްސަލައަށް ހައްލެއް ނުލިބޭ ކަމަށެވެ. އަދި ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތްވެސް މިސަރުކާރުން ކުރިޔަށް ގެންގޮސް ނިންމާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފޭރާން ހެޔޮނޫން ސިޔާސަތަކުން ހައްލުވާން ނެތް މައްސަލަ، ފޭރާން ހެޔޮ ސިޔާސަތަކުން، މާލޭގެ ގެދޮރުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ. އަދި ރަސްމާލެ އާއި މާލެ ގުޅުވާލުމަށްޓަކައި ފަންނީ، އީޖާދީ މަސައްކަތްތަކެއް މިހާރު ވަނީ ފަށާފައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ވަރަށް ޤާބިލް ކުންފުނިތަކާއި އެކު އަޅުގަނޑުމެން މިހާރު ވާނީ މަޝްވަރާ ފަށާފައި. މުޅި ދުނިޔޭގައިވެސް ފުރަތަކަ ފަހަރަށް، ޤާއިމްކުރެވޭ އިރާދަކުރެއްވިއްޔާ، އަންޑަރވޯޓަރ ޓަނަލް މާލެއިން ރަސްމާލެއަށް އިރާދަކުރެއްވިއްޔާ ގުޅުވާލުމުގެ މަސައްކަތް"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެޓަނަަލުގައި ދުއްވާ ރޭލުގެގައި ދަތުރު ކުރާއިރު ކަނޑުއަޑީގެ ރީތި މަންޒަރުތައްވެސް ފެންނަ ޓަނަލަކަށް އެޓަނަލު ވެގެން ދާނެ ކަމަށެވެ. އަދި އެމަސައްކަތް ކުރުމަށްޓަކައި އެކަމުގެ ޤާބިލްކަން ހުރި ކުންފުނިތަކާއި އެކު މިހާރު ވަނީ ފީސިބިލް މަސައްކަތް ފަށާފައި ކަމުގައިވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއީ ފަތުރުވެރިކަމުގެ ބޮޑު މަޝްރޫޢަކަށްވެސް ވެގެން ދާނެ ކަމަށާއި އެއީ ރާއްޖެއަންނަ ޓޫރިސްޓުންގެ އަދަދުވެސް އިތުރުވެގެން ދާނެ ކަމެއް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ މިސަރުކާރުން ކުރާނީ ދެކޮޅު ޖެހޭ މަސައްކަތްކަމަށެވެ. 

އަދި މާލެ ސަރަހައްދުގައި މީހުން ދިރިއުޅޭނީ ލިންކް އެޅި ގުޅިފައިވާ ތަންތަނުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.