Advertisement

ފޮޓޯ: ޕީއެސްއެމް

30 Jan 2024
ޚަބަރު

މާލޭ މަގުތަކުން ވިއްކި ޕާކިން ސްލޮޓްތަކަށް ޝަކުވާއަށް ހުޅުވާލައިފި

ހަތަރު ފުރޮޅުލީ އުޅަނދުތަކަށް މާލޭގެ މަގުމަތިން ދޫކުރި ޕާކިން ޖާގަތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން، ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

އެ ކައުންސިލުން ކުރި އިއުލާނުގައި ބުނީ ޕާކިން ސްލޮޓް ލިބުނު މެސެޖަށް ފަހު އިތުރު މުއާމަލާތެއް ނުކުރާ މީހުންނާއި ޕާކިން ސްލޮޓް ލިބުނުކަން އެންގުމަށް ފަހު އެއްބަސްވުން ނުހަދާ އަދި އެކަމާ ގުޅޭ އިތުރު ޝަކުވާތައް ހުރި ނަމަ، ޝަކުވާ ހުށަހަޅާ ޕޯޓަލް މެދުވެރިކޮށް އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން އެދޭކަމަށެވެ.

މާލޭގެ މަގުތަކުގައި ކުރަހައި ޕާކިން ސްލޮޓްތައް ވިއްކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރަކަށް ހުންނެވިއިރުއެވެ. އެއިރުވެސް ގިނަ ބަޔަކު މިކަމުގެ ޝަކުވާ ކުރިއެވެ. އަދި މީގެ ސަބަބުން މިހާރުވެސް ޕާކިންގެ މައްސަލަ ދިމާވެފައިވާ މާލެ ސިޓީއަށް މި މައްސަލަ އިތުރަށް ދިމާވިކަމަށް މީހުން ވަނީ ބުނެފައެވެ. 

ސިޓީ ކައުންސިލުން ބުނީ ޖާގަ ލިބުނު މީހުން ދައްކަންޖެހޭ ފީ ނުދެއްކުމާއި ބައެއް މީހުންނަށް ޖަވާބު ނުދީ އަދި އުސޫލުތަކާ ހިލާފަށް ވެސް ޖާގަ ދީފައި އެބަހުރި ކަމަށެވެ. އެހެންވެ، އެ ކައުންސިލުން ވަނީ ޕާކިން ސްލޮޓްތައް ދޫކުރި ގޮތް ރިވިއުކުރަން ނިންމައިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.