Advertisement

އާދަމް އާޒިމް - އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓް

08 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އަޅުގަނޑު ވަނީ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކުރާނެ މީހަކަށް: އާޒިމް

މާލޭ ސިޓީގެ މޭޔަރަކަށް އިންތިޚާބު ވުމަށް ފަހުގައި، މަސައްކަތް ކުރައްވާނީ ރައްޔިތުންނާއި ވަރަށް ގާތުން ކަމަށާއި، ރައްޔިތުންނަށް ފެންނާނެ މީހަކަށް ވެވަޑައިގަންނަވާނެ ކަމުގައި މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

"ނޫން" ގެ ޚާދިމް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ، ރައްޔިތުންނަށް އޭނާ ފެންނާނެ ކަމަށާއި ބައްދަލުވާނެކަމަށާއި މަސައްކަތްކުރައްވާނީ ރައްޔިތުންނާއި އެކުގައި ކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް މަދުވެގެން ހަތަރު ފަހަރު ރައްޔިތުންނާއި އެކު ޓައުންހޯލް ބައްދަލުވުންތައް ބާއްވާނެ ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ. މިގޮތުން ޓައުންހޯލް ބައްދަލުވުންތައް، ހުޅުމާލެ އާއި ވިލިގިލީގެ ރައްޔިތުންނަށް ވަކިން ބާއްވައި ދެއްވާނެ ކަމުަގައިވެސް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑަކީ ވަރަށް ވަގުތުދީގެން މަސައްކަތް ކުރާ މީހެއް. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފެންނާނެ، އަޅުގަނޑު މިތަނުގައި މިކަންތައްތައް ހައްލުކުރަން މަސައްކަތް ކުރާތަން. އަޅުގަނޑަށް ވަރަށް އުއްްމީދު ކުރެވޭ." 

އާދަމް އާޒިމް - އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓް

އާޒިމް ވިދާޅުވީ، މިހާތަނަށްވެސް ކުރެއްވި ހުރިހާ މަސައްކަތެއްގައި މާތްﷲ ގެ ވާގިފުޅާއިއެކު ކާމިޔާބު ހޯދުނު ކަމަށެވެ. އެހެންކަމުން މިފަހަރު އިންތިޚާބަށް ނުކުމެވަޑައިގެންނެވީ ކާމިޔާބު ހޯދޭނެކަމުގެ ޔަޤީންކަމާއި އެކުގައި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ، މިހާތަނަށް ހަވާލުވި ކޮންމެ ތަނަކުންވެސް ވަކިވެވަޑައިގެންނެވީ އެތަނަކީ، ފައިދާވާ އަދި ހަރުދަނާ ތަނަކަށް ހައްދަވައި ދެއްވުމަށް ފަހުގައި ކަމަށެވެ. އަދި ބޭނުންވަނީ، މާލެއަކީ މީހުން ދިރިއުޅޭ ހިތްވާ ތަނަކަށް ހަދައިދިނުންކަމުގައި އާޒިމް ވިދާޅުވިއެވެ.

ޚާދިމް ޕްރޮގްރާމް 

މާލޭ ސިޓީ ކައުންސިލް އިންތިޚާބުގެ ބައި އިލެކްޝަންގެ ވޯޓުލުން އޮންނާނީ މިއަންނަ ހޮނިހިރު ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.