Advertisement

އާދަމް އާޒިމް - މާލޭ ސިޓީ ކައުންސިލް ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް

08 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އާބަންކޯއިން ސިޓީކައުންސިލްގެ ދަށަށް ބަދަލުވާ މުވައްޒަފުންނަށް އެއްއަހަރު ފަހުން މުސާރަކުޑަވާގޮތަށް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: އާޒިމް

ހުޅުމާލޭގެ މުނިސިޕަލް ކަންތައްތައް ސިޓީ ކައުންސިލްގެދަށަށް ބަދަލުވެގެން ދާއިރު، މުވައްޒަފުންގެ މުސާރަތައް އެއް އަހަރުފަހުން ކުޑަވާގޮތަށް ހަމަޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައި މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ވިދާލުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ، "ނޫން"ގެ ޚާދިމް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ، ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލޭ ސިޓީކައުންސިލްގެ ދަށަށް މިހާރު ބަދަލުއެކުރެވެނީ، އާބަންކޯއިން ސިޓީކައުންސިލްގެ ދަށަށް ބަދަލުވާ މުވައްޒަފުންގެ ހައްޤުތަކެއް ގެއްލިގެންދާ ގޮތަކަށް ކަމަށެވެ. އެހެން އެކަމަކީ އޭނާއަށް އެއްބަސްވެވޭނެ ކަމެއް ނޫންކަމުގައި އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުގެ މޭޔަރުކަމެއްގައި އަޅުގަނޑު ހަވާލެއް ނުވާނަމޭ އެގޮތަށް އެކަން ކުރާ ކަމަށް ވަންޏަކާ. އަޅުގަނޑު ޤަބޫލެއް ނުކުރަން އެއްވެސް މީހަކަށް ލިބޭ އާމްދަނީ އެއް އެންމެ ސެންޓެއްވެސް މަދުވާން ޖެހޭނެ ކަމަކަށް."

އާދަމް އާޒިމް - މާލޭ ސިޓީ ކައުންސިލް ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް

އާޒިމް ވިދާޅުވީ، ސަރުކާރުގެ ޕޮލިސީ ބަދަލުވެގެން ރައްޔިތަކަށް ނިކަމެތިކަމެއް ލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އާޒިމް ވިދާޅުވީ، މިފެންނަނީ އާދައިގެ މުވައްޒަފުންތަކެއްގެ މުސާރަތައް ކުޑަވާނޭ ގޮތަށް އަމަލުކޮށްފައި، ސިޔާސީ މީހުންނަށް އެކަމުގެ ފައިދާ ކުރާ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް މިފެންނަނީ، އާދައިގެ މުވައްޒަފުންތަކަކަށް ލިބެމުން ދިޔަ، ފަނަވަރަކަށްހާސް ރުފިޔާ ލިބެމުން ދިޔަ ބަޔަކަށް ހަތްހާސް އަށްހާސް ރުފިޔާއަށް ބަދަލުވެގެންދާ މަންޒަރު. އެމީހުން ކިހިނެއްތޯ ދުނިޔޭގައި ދިރިއުޅޭނީ. "

އާދަމް އާޒިމް - މާލޭ ސިޓީ ކައުންސިލް ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް

އާޒިމް ވިދާޅުވީ އެމުވައްޒަފުންގެ މުސާރަކުޑަކޮށް އެފައިސާ ނުކަނޑައިވެސް އެކަން ކުރެވޭނެ ގޮތްތައް ހުންނާނެ ކަމަށެވެ. މިގޮތުން އެ މުވައްޒަފުންގެ މުސާރަކުޑަކޮށްގެން ދައުލަތަށް އެފައިސާއިން ކުރެވޭނެ ކަމަކަށްވުރެ އެމުވައްޒަފުންނަށް އެމުސާރަ ލިބޭނެ ގޮތަކަށް ބޭއްވުންވެސް މާރަނގަޅުވާނެކަން އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

ޚާދިމް ޕްރޮގްރާމް

ހުޅުމާލެ މުނިސިޕަލް ޚިދުމަތްތައް މާލޭ ސިޓިކައުންސިލްގެ ދަށަށް ބަދަލުކުރާއިރު، އާބަންކޯގައި ތިބިި މުވައްޒަފުން ސިޓީކައުންސިލަށް ބަދަލުކޮށް އެމުވައްޒަފުންނަށް ލިބޭ މުސާރަ އެއް އަހަރުވާންދެން ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަންވެސް އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

މިމައްސަލައިގައި އާބަންކޯގެ މުވައްޒަފުންގެ ކަންބޮޑުވުންތައް ހުރިކަންވެސް އެ މުވައްޒަފުންގެ ފަރާތުންވެސް ވަނީ ފާހަގަކޮށްފައެވެ. ހުޅުމާލެ މުނިސިޕަލް ޚިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހިނގާ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.