Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

24 Jan 2024
ޚަބަރު

6 މަސްދުވަހުގެ ތެރޭގައި މާލޭގައި އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދަށް ގޮތެއް ނިންމާނަން: އާޒިމް

ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި މާލެ ސިޓީގައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތާއި ގުޅޭގޮތުން ގޮތެއް ނިންމަވާނެކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މާލެ ސިޓީގެ މޭޔަރ އާޒިމް ވިދާޅުވީ މާލޭގައި ދުއްވާ ވެހިކަލްގެ އަދަދު ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ މަޝްވަރާގެ މަސައްކަތް މިހާރުވެސް ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ފައްޓަވާފައިވާކަމަށެވެ. އާޒިމް ވިދާޅުވީ ވެހިކަލް ރަޖިސްޓްރީކޮށްދޭނެ އަދަދެއް ކަނޑަނާޅާ މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުނުވާނެކަމަށެވެ.

"ކުރިއަށް އޮތް 6 މަސް ތެރޭގައި، ވެހިކަލް ލިމިޓްކުރުމުގެ މައްސަލައިގައި ގޮތެއް ނިންމާނަން. މިއީ ވަރަށް މުހިންމު ކަމެއް." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މާލޭގެ މަގުތަކުގައި ހުރި ބޭނުން ނުކުރާ ވެހިކަލްތަކާމެދު ޢަމަލުކުރާނެގޮތެއްވެސް ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރައްވައިގެން ހޯދާނެކަމަށެވެ. މީގެއިތުރުން ސިޓީ ކައުންސިލުން ޕާކުކުރުމަށް ޖާގަ ދޫކޮށްފައިވާ ގޮތުގެ އުސޫލުތައް މުރާޖައާކޮށް، މާލޭގެ މަގުތަކަށް އެންމެ ލުއިވާނެގޮތަށް އެމައްސަލަތަކަށް ޙައްލު ހޯއްދެއްވުމަށްވެސް މަސައްކަތް ކުރައްވާނެކަމަށެވެ.

މީގެއިތުރުން ރަނގަޅު ފެންވަރަކަށް މަގުތައް ހެދި ތަރުތީބުވުމުންވެސް ތޮއްޖެހުމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބޭނެކަމަށް އާޒިމް ވިދާޅުވިއެވެ.  

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި އޮންނަގޮތުން ދިވެހިރާއްޖޭގެ ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ކަނޑައަޅަންޖެހޭނެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.