Advertisement

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް --

14 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ސިޓީކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ނިންމައިފި

ދެވަނަ ފަރާތެއް ބައިވެރިނުކޮށް ސިޓީ ކައުންސިލުުން ދޭ ޚިދުމަތެއްގެ ގޮތުގައި ވިލިމާލޭގައި އަލުން ބަގީގެ ޚިދުމަތް ދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެޚިދުމަތް ކައުސިލުން ދޭ ގޮތަށް ހަމަޖެއްސުމަށް މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 138 ވަނަ ރަސްމީ އާއްމު ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

މިޖަލްސާގައި އެގޮތަށް ފާސްކޮށްފައި ވަނީ ކައުންސިލް މެމްބަރުންގެ އިއްތިފާޤުންނެވެ.

ކުރީގެ މޭޔަރުގެ ދުވަސްވަރުގައި، ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް، ޕިންކް ސްކައި މޯލްޑިވުސް ނަމަކަށް ކިޔާ ކުންފުންޏަކާއި ހަވާލުކުރިއެވެ. އެހެންނަމަވެސް އެކުންފުންޏަށް އެޚިދުމަތް ދެވޭ ގޮތެއް ނުވިއެވެ. 

މީގެ އިތުރުން މާލޭގެ މޭޔަރަކަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ހުންނެވި އިރު، ސިޓީ ކައުންސިލުން ބަގީގެ ޚިދުމަތް ދިނުމަށްޓަކައި 10 ބަގީ އެއް ގެނައެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ގިނަ ބަގީތައް މިހާރު ހުރީ ހަލާކުވެފައެވެ.

މިއަދުގެ ޖަލްސާގައި އާޒިމް ވިދާޅުވީ ބަގީގެ ޚިދުމަތް އަލުން ފެށުމަށް ދެ ބަގީއެއް މަރާމާތުކޮށްފައި ވީ ނަމަވެސް އެބަގީތަކުގެ ހާލަތުވެސް ދަށް ކަމަށެވެ.

މީގެ އިތުރުން ބަޔަކާއި ހަވާލުކޮށްގެން ބަގީގެ ޚިދުމަތް ދިނުމަށްވުރެ ސިޓީ ކައުންސިލުން އެޚިދުމަތް ދިނުން ޚަރަދު ކުޑަކަންވެސް އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.