Advertisement

މާލޭ ސިޓީކައުންސިލްގެ 4 ވަނަ ދައުރުގެ 130 ވަަނަ ޖަލްސާގެ ތެރެއިން - ފޮޓޯ: ސިޓީ ކައުންސިލް

18 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ސިޓީކައުންސިލްގެ މަސައްކަތްތައް އަތުލަން ސަރުކާރުން ކުރާ މަސައްކަތް ހުއްޓާލުމަށް އާޒިމް ގޮވާލައްވައިފި

ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓާލުމަށާއި، ސިޓީކައުންސިލްގެ ނިންމުމަށް އަމަލު ކުރުން ފަސްކުރުމަށް، އިންތިޚާބީ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ.

މިމަހުގެ 13 ވަނަ ދުވަހު، ބޭއްވި މާލޭގެ މޭޔަރު ހޮވުމުގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އާދަމް އާޒިމް މިކަމަށް ގޮވާލެއްވީ، އާޒިމް މަޤާމާއި ހަވާލުވެވަޑައި ނުގަންނަވަނީސް، ސިޓީ ކައުންސިލުން މިއަދު ނިންމުމާއި މެދު ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ލިޔުއްވި ޕޯސްޓުގައެވެ.

މިއަދު މާލޭ ސިޓީކައުންސިލުން ވަނީ، މިއަދު ބޭއްވި އެކައުންސިލްގެ 4 ވަނަ ދައުރުގެ 130 ވަަނަ ޖަލްސާގައި ވަނީ، އެކައުންސިލުން ހިންގާ ބޮޑެތި ޕްރޮޖެކްޓްތައް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހިންގާ ގޮތަށް ފާސްކޮށްފައެވެ. އެހުށައެޅުން ފާސްކޮށްފައި ވަނީ ކައުންސިލްގެ ޖަލްސާގައި ބައިވެރިވި، މެމްބަރުންގެ ތެރެއިން 10 މެމްބަރުންގެ ވޯޓުންނެވެ.

މިހުށައެޅުމަކީ، ސިޓީކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ، 100 މިލިއަން ރުފިޔާއަށްވުރެ ބޮޑެތި މަޝްރޫއުތައް ސަރުކާރާއި ހަވާލުކުރުމަށް ހުށައަޅާފައިވާ ހުށައެޅުމެކެވެ. 

ކުރިންވެސް އަންދާޒާ ކުރެވުނު ގޮތަށް އިދިކޮޅު ޕާޓީއަށް މާލޭ ސިޓީކައުންސިލްގެ މޭޔަރުކަން ލިބުމާއި ގުޅިގެން ސަރުކާރުން ވަނީ ސިޓީކައުންސިލްގެ ޒިންމާތަކާއި އިހްތިޞާސްތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށާފައެވެ. 

ޕީޕިއެމްގެ ސަރުކާރުގެ ދުވަސްވަރުގައި، މާލޭގެ ހަތަރު ސަހަރާ ބެލެހެއްޓުމާއި ވިހާމަރުވާ ބެލެހެއްޓުން ފިޔަވައި އެހެން ހުރިހާ ކަމެއް ހައުސިން މިނިސްޓްރީގެ ދަށަށް ގެންދިޔައެވެ. އޭރު ހައުސިންގ މިނިސްޓަރަކަށް ހުންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.