Advertisement

ދަތުރުވެރިންގެ މާރުކޭޓު -- ފޮޓޯ: ސިޓީ ކައުންސިލް

15 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ޤަވާއިދާއި ޚިލާފަށް ބިދޭސީން ބައިތިއްބާފައިވާ ގޮޅިތައް ބަލައި ޖޫރިމަނާ ކުރަން ފަށައިފި

ލޯކަލް މާރުކޭޓްގައި ވިޔަފާރިކުރުމަށް ގޮޅިތައް ދޫކޮށްފައިވާ ފަރާތްތަކަށް ދީފައިވާ ހުއްދަޔާއި ޤަވާއިދާއި ޚިލާފަށް ބިދޭސީން ބައިތިއްބާފައިވާ ގޮޅިތައް ބަލައި އެގޮޅިތަކުގެ ވެރިން ޖޫރިމަނާ ކުރަންފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، މިއަދުވެސް ސިޓީ ކައުންސިލުން ގޮޅިތައް ބަލާފައިވާކަމަށާއި، ހުއްދަ ނެތި ގޮޅިތަކުގައި ބިދޭސީން ބައިތިއްބާފައިވާ ދެ ފަރާތެއް މިއަދުވެސް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން އެކަށައަޅާފައިވާ އުސޫލުގެ ދަށުން ޤަވާއިދާއި ޚިލާފުވާ ގޮޅިތަކުގެ ވެރިންނާިއ މެދު ފިޔަވަޅު އަޅައި ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 2000ރ އިންނެވެ. އެހެން ނަމަވެސް ތަކުރާރުވެއްޖެނަމަ އިންޒާރުުދީ 4000ރ އިން ޖޫރިމަނާ ކުރާނެއެވެ. އޭގެ ފަހުންވެސް އިސްލާޙް ނުކުރާނަމަ ގޮޅި ދޫކޮށްފައިވާ ފަރާތުގެ ކިބައިން ގޮޅި އަތުލުމުން ބާރު ސިޓީ ކައުންސިލަށް ލިބިގެންވާ ކަމުގައިވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
16 Apr 2025
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
މަދީނާގެ ހަރަމްފުޅުގެ އިމާމް ރާއްޖެ ވަޑައިގަންނަވަނީ
ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ކުރާއްވާ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރަށް، ޢާއްމު ރައްޔިތުންނަށް ދީނީ ދަރުހެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
16 Apr 2025
މެޑަން ސާޖިދާ މުޙައްމަދު
ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ކީރިތި ޤުރުއާނުން އިރުޝާދު ލިބިގަންނަން ޖެހޭ: މެޑަމް ސާޖިދާ
ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުންގެ ވާހަކަފުޅުގައި މިފަހަކަށް އައިސް ޤުރުއާން ކިޔެވުމުގެ މުބާރާތްތައް ބާއްވާ މިންވަރު އިތުރުވަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ދަރީންނާއި މުޅި މުޖުތަމަޢަކީ ކީރިތި ޤުރްއާނުގެ ހިޔާވަހިކަމަށް އެދޭ ބަޔަކަށްވުމަކީ ވަރަށް އުންމީދީ މަންޒަރެއްކަމަށާއި، އަދި އެއީ ހެޔޮ ބަދަލެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
16 Apr 2025
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އިސްރާޢީލު ޕާސްޕޯޓު މަނާކުރާ ބިލު ވަގުތުން ތަސްދީގުކުރައްވައިފި
އިސްރާއީލުގެ ޕާސްޕޯޓު މަނާކޮށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ގެނައި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
11 Apr 2025
މޯލްޑިްވްސް ޕޮލިސް ސަރވިސް
ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވުމުން ސަމާލުވާން އެދިއްޖެ
މަޤުބޫލުކަން ހޯދަމުން އަންނަ ޓެމޫގެ ނަމުގައި ސްކޭމްތައް އިރުވަމުން އަންނާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.