Advertisement

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް -- ފޮޓޯ: ނޫން.އެމްވީ

10 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

މަޤާމާއި ހަވާލުވި އިރު މާލޭ ސިޓީ ކައުންސިލްގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅެމުންދާ 18 މީހުން ތިބި: އާޒިމް

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ނުކުންނަ މައްސަލަތައް އިތުރުވެފައިރު، މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވި އިރު މާލޭ ސިޓީކައުންސިލްގައިވެސް ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ 18 ބިދޭސީއަކު ތިބިކަމުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލޭގެ މަގުތަކަށް ކުނިއަޅާ މައްސަލަ ބޮޑުވެފައި ވާއިރު އެކަމާއިގުޅޭ ގޮތުން މީޑިއާތަކަށް މައުލުމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި އާޒިމް ވިދާޅުވީ، އެމަނިކުފާނު މާލޭ ސިޓީކައުންސިލަށް ވަޑައިގެންނެވުމަށް ފަހުގައި، މާލޭ ސިޓީ ކައުންސިލްގައި ތިބި ޤަވާއިދާއި ޚިލާފު ބިދޭސީން އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ. އާޒިމް ވިދާޅުވީ އެ ބިދޭސީންނަކީ، ސީދާ ކައުންސިލްގެ މުވައްޒަފުން ނޫންކަމަށާއި އެހެން ނަމަވެސް އެއީ ސިޓީ ކައުންސިލުން ކޮންޓްރެކްޓް މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައިވާ ކުންފުންޏެއްގެ ދަށުން މާލޭ ސިޓީކައުންސިލްގެ ދަށުގައި ތިބި ބައެއް ކަމަށެވެ. 

އާޒިމް ވިދާޅުވީ، ދައުލަތުގެ އިދާރާއެއްގެ މަސައްކަތްތައް ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ލައްވައި ކުރުވުމަކީ ކޮށްގެންވާނެ ކަމެއްކަމަށް ދެކެވަޑައި ނުގަންނަވާކަމުގައިވެސް އާޒިމް ވިދާޅުވިއެވެ. މާލެ ތެރެއަށް ކުނި އަޅަމުންދާ މައްސަލައަށް އިޝާރާތްކުރައްވައި އާޒިމް ވިދާޅުވީ، މަގުތައް މައްޗަށް ކުނި އެޅުމުގައިވެސް ދިވެހިން ބޭނުން ކުރަނީ، ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ކަމަށެވެ. އެގޮތަށް ދިމާވަނީ ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްޗަށް ޤާނޫނު ތަންފީޒު ނުކުރެވޭތީ ކަމަށާއި، އެފަދަ މީހުން ކުނިއަޅައިގެން ޖޫރިމަނާ ކުރެވޭނެ ގޮތެއްވެސް ނޯންނަ ކަމުގައި އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މާލޭގައި ހުރި މައްސަލަތައް ހައްލު ކުރުމަށްވެސް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުން ކަމަށާއި އެމީހުންގެ މައްޗަށް ޤާނޫނުތައް ތަންފީޒް ނުކުރެވި މިހާރު ދިމާވެފައި ހުރި މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ނުގެނެވޭނެ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.