Advertisement

މާވެޔޮމަގާއި އަލަމާ ގޯޅި ކަންމައްޗަށް އަޅާފައިވާ ކުނިތައް --- ފޮޓޯ: ނޫން.އެމްވީ

10 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ރޯދައަށް ގެދޮރު ސާފުކޮށް މަގުމަތި މުޅިން ގޮނޑުކޮށްލައިފި

ރޯދަ މަހައް ތައްޔާރުވުމުގެ ގޮތުން ގޯތިގެދޮރު ސާފުކޮށް މާލެ އާއި ހުޅުމާލޭގެ މަގުމަތި މުޅިން ގޮނޑުކޮށްލައިފިއެވެ.

މާލޭގެ ބައެއް މަގުތަކާއި ގޯޅިތަކުގައި އަދި ހުޅުމާލޭގެވެސް ބައެއް ސަރަހައްދުތަކަށް ގިނަ އަދަދެއްގެ ކުނި އަޅާފައިވާ އިރު އެތަކެތި ނަގައި ސާފު ކުރުމުގެ މަސައްކަތް އެޗްޑީސީންނާއި، ވެމްކޯއިން އަދި މާލޭ ސިޓީ ކައުންސިލުންވެސް ދަނީ ކުރަމުންނެވެ. އެހެން ނަމަވެސް މަގުތައް މަތިން ކުނި ނަގަމުންދާ ވަރަކަށް މީހުން ކުނި އަޅަމުންދާކަންވެސް އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ފާއިތުވި ހަފްތާގައި މާލޭ ސިޓީ ކައުންސިލުން އެކަނިވެސް މަގުތައް މަތިން 140 ޓަނު ކުނި ނަގާފައިވާ ކަމަށާއި، އެއީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 20 ޓަނުގެ ކުނި ކަމަށެވެ. އާޒިމް ވިދާޅުވީ، މާލޭގެ މަގުތައް މައްޗަށް ކުނިއަޅަމުންދާ މިންވަރަށް ބަލާއިރު އެކުނިތައް ނަގައި ދުވަހުން ދުވަހަށް ސާފުކުރުމުގެ ކެޕޭސިޓީއެއް، މާލެ ސިޓީކައުންސިލާއި ވެމްކޯގައިވެސް ނެތް ކަމަށެވެ. އެހެންކަމުން އާއްމުން ޒިންމާދާރު ވުމަށާއި، މަގުތައް މައްޗަށް ކުނި ނޭޅުމަށް އާޒިމް އެދިވަޑައިގެންނެވިއެވެ.

މާލޭގެ މަގުތައް މައްޗަށް ކުނިއެޅުމުގެ މައްސަލައަކީ ހައްލުނުވެ އެތައް ޒަމާންވީ މައްސަލައެއްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، އެމައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ސިޓީ ކައުންސިލުން މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި އެކަމަށް ކަމާގުޅޭ މުުއައްސަސާތަކާއި އެކު އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

މާލޭ ސިޓީގެ މަގުތައް މައްޗަށް ގިނަ އަދަދެއްގެ ކުނި އަޅާފައިވާތީ އެކަމާއި ގުޅިގެން އާއްމުންވެސް އަންނަނީ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.