Advertisement

މާލޭ ސިޓީގެ މޭޔަރަށް ސްޕްރީމްކޯޓުގެ ފަނޑިޔާރު ހުވާލައިދެއްވުން -- ފޮޓޯ: ރައީސް އޮފީސް

22 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އާދަމް އާޒިމް މާލޭ ސިޓީގެ މޭޔަރު ކަމުގެ ހުވާކުރައްވައި މަޤާމުގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެންފި

ޖެނުއަރީ 13 ވަނަ ދުވަހު ބޭއްވި، މާލޭ ސިޓީ ގެ މޭޔަރު އިންތިޚާބުގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި، އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް މޭޔަރުކަމުގެ ހުވާކުރައްވައި، މަޤާމުގެ މަސްޢޫލިއްޔަތު ތަކާއި މިރޭ ހަވާލުވެވަޑައިގެންފިއެވެ.

އާޒިމް އާއި މާލޭ ސިޓީ ކައުންސިލަށް މެމްބަރު ހޮވުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ތިން ބޭފުޅުންވެސް މިރޭ ވަނީ މަޤާމުގެ ހުވާ ކުރައްވާފައެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރަށާއި ކައުންސިލް މެމްބަރުންނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.

ކައުންސިލަރުންގެ މަގާމުގެ ހުވާ ކުރެއްވި ބޭފުޅުންނަކީ، ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު އައިމިނަތު އަހުމަދު ރިޝްފާ އަދި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ހަސަން ނިޒާމު އެވެ. މިދެބޭފުޅުން އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ޓިކެޓްގައި ނުކުންނަވައިގެންނެވެ. މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އަހުމަދު ރިލުވާން ރަޝީދު އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި ނިކުންނަވައިގެންނެވެ. އެހެންނަމަވެސް މަޤާމުގެ ހުވާކުރެއްވުމުގެ ކުރިން އޭނާ މިއަދު ވަނީ، އެމްޑީޕީ ދޫކުރައްވައި، ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

މަޤާމުގެ ހުވާކުރެއްވުމަށް ފަހު، މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމާއި، މާލޭ ސިޓީކައުންސިލްގެ މެމްބަރު ކަމަށް އަލަށް އިންތިޚާބުވި ތިން މެމްބަރުންވެސް ވަނީ މަޤާމުގެ އިޤުރާރުގައި ސޮއެކުރައްވާފައެވެ.

މާލޭ ސިޓީ ކައުންސިލްގައި މޭޔަރާއި އެކު 19 މެމްބަރުން މިދައުރުގައި ތިބި އިރު ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތީ ވެރިކަންކުރާ ޕީއެންސީއަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.