Advertisement

މޭޔަރު ހޮވުމަށް މިއަދު ބޭއްވި އިންތިޚާބުގައި އާޒިމް ވޯޓުކަރުދާސްކޮޅު ފޮއްޓަށް ލައްވަނީ ---

13 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މާލެ ސިޓީގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބު ކުރެއްވި އާޒިމަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

މިއަދު ބޭއްވި މާލޭ ސިޓީ މޭޔަރު ހޮވުމުގެ އިންތިޚާބު ކާމިޔާބު ކުރެއްވި އާދަމް އާޒިމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގުޅުއްވައި މަރުހަބާ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި އިންތިޚާބު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. މިއިންތިޚާބުގައި އާދަމް އާޒިމް ވޯޓުލީ މީހުންގެ ގާތްގަނޑަކަށް %44 އިންސައްތަ ވޯޓު ހޯއްދެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި އިންތިޚާބު ކާމިޔާބު ކުރެއްވި އާދަމް އާޒިމަށް ފޯނުން ގުޅުއްވައި، ރައީސުލްޖުމްހޫރިއްޔާ މަރުޚަބާ ވިދާޅުވެ، އެދި ވަޑައިގެންނެވީ ސަރުކާރާއިއެކު މާލޭ ސިޓީގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމުގައި ގުޅިގެން މަސައްކަތްކޮށްދެއްވުމަށެވެ. އަދި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ސިޓީ ކައުންސިލަށާއި މޭޔަރަށް ލިބިވަޑައިގަންނަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވާނީ ވިދާޅުވެފައެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ހޮވުމަށް ބައި-އިލެކްޝަން ބާއްވަން ޖެހުނީ އެމަޤާމުގައި ހުންނަވައި، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި، އިންތިޚާބު ޑރ. މުޢިއްޒަށް ކާމިޔާބުވެވަޑައިގެންނެވުމުން، އެމަނިކުފާނު މޭޔަރު ކަމުގެ މަޤާމުން ވަކިވެވަޑައިގަންނަވަން ޖެހުމުގެ ސަބަބުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.