Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

20 Jan 2024
ޚަބަރު

ހުޅުމާލެ ސަހަރާގައި ފެން ބޮޑުވެ މީހުން ވަޅުނުލެވޭ މައްސަލަހައްލުކުރުމަށް ޑްރެއިން ސިސްޓަމެއް ޤާއިމް ކުރަނީ

ވާރޭ ވެހި ހުޅުމާލެ ސަހަރާގައި ފެންބޮޑުވެ، މީހުން ވަޅު ނުލެވޭ މައްސަލަ ހައްލު ކުރުމަށް ދޮޅުފޫޓަށް ވެލި އަޅައި، ޑްރެއިން ސިސްޓަމެއް ގާއިމްކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ އަށް ކުރި ވިއްސާރައިގައި ހުޅުމާލެ ސަހަރާގެ ބިމު އަޑިން ފެންގަނޑު ނުހިނދޭތީ، އެ ތަނުގައި މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި، މާލޭގެ އާ ސަރަހަރާގައި މީހުން ވަޅުލުން ދެ ފަހަރަށް ބަދަލުކުރިއެވެ.

މާލެ ސިޓީ ކައުންސިލް ބައްދަލުވުމުގައި އެ މައްސަލަ އަށް ހައްލު ހޯދައިދިނުމަށް އެދިވަޑައިގެން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވިއެވެ. އޭނާ ހުށައެޅުއްވީ ހުޅުމާލެ ސަހަރާގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ފެން ހިންދާ ނިޒާމެއް ގާއިމުކުރުމަށެވެ.

އެ މައްސަލަ ހައްލު ކުރަން މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު ހުށަހެޅުއްވީ ސަހަރާ އަށް ދޮޅުފޫޓަށް ވެލިއެޅުމަށެވެ.

ހިނަވާ ކަށުނަމާދަށްފަހު، ވަޅުލުމަށް މާލެ ގެންދަންޖެހުމުގެ ދަތިކަން އާއިލާއާއި ޚިދުމަތް ދޭން ތިބޭ ފަރާތްތަކަށްވެސް ކުރިމަތިވެއެވެ. ބައްދަލުވުމުގައި އިތުރަށް ހުށައެޅީ މޫނު ބެލުމާއި ކަށުނަމާދަށް ފުރޮޅުލީ ގޮނޑީގައި އަންނަ މީހުންނަށް ފަސޭހައިން ބައިވެރިވެވޭގޮތަށް، ވީލް ޗެއަރ އެކްސެސް ޤާއިމުކުރުމަށެވެ.

ސަހަރާގައި އަންހެނުން އަދި ފިރިހެނުންނަށް ޚާއްސަ ފާޚާނާ ބަރިއެއް ހެދުމަށް މީގެކުރިންވެސް ދެފަހަރެއްގެމަތިން ބިޑަށް ހުޅުވާލިއެވެ. ނަމަވެސް ހުށައަޅާ ބިޑްތައް ބޮޑުވުމުގެ ސަބަބުން އެ މަސައްކަތް ކުރިއަށްގެންގޮސްފައެއް ނުވެއެވެ. އަދި މިހާރު މިވަނީ، ފާޚާނާ ބަރީގެ އިތުރުން، މެންބަރުން ހުށައެޅި އިތުރު ޚިޔާލުތަކާއެކު ހުޅުމާލެ ސަހަރާގެ ޚިދުމަތްތައް ފަސޭހަކުރުމަށް އެ މަޝްރޫޢުގެ އަލުން ކުރިއަށްގެންދިއުމަށް ނިންމާފައެވެ. މި ބަދަލު ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި 10 މެންބަރުންގެ ފުރިހަމަ ތާޢީދާއެކުއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.