Advertisement

ބައި-އިލެކްޝަންގައި ވޯޓުލުން ކުރިޔަށް ދަނީ ---

13 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް، ދެގަޑިއިރު ތެރޭ ވޯޓުލީ ޖުމުލަ 2000 މީހުން

މާލޭ ސިޓީއަށް މޭޔަރަކު އިންތިޚާބު ކުރުމަށް ބާއްވާ ނަގާ ވޯޓާއިއެކު، މިއަދު ބާއްވާ އެހެން ބައި-އިލެކްޝަންތަކުގެ ވޯޓުލުން ހެނދުނު 8:00 އިން ފެށިގެން ކުރިޔަށް، ދާއިރު ފުރަތަމަ ދެގަޑިއިރުގެ ތެރޭގައި ވޯޓުލާފައި ފައި ވަނީ 2633 މީހުން ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ބައި-އިލެކްޝަންތަކުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން ހެނދުނު 10:00 އާއި ހަމައަށް ވޯޓުލާން ނުކުމެފައި ވަނީ އެންމެ %4.7 މީހުން ކަމަށެވެ. މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ 53،369 މީހުން އެބަތިއްބެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނުން ބާއްވާ ބައިއިލެކްޝަން ތަކަކީ،

1- މާލެ ސިޓީ ކައުންސިލްގެ މޭޔަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން.

2- މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާއަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން.

3- މާލެ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާއަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން.

4- މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާއަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން.

5- މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަން.

އިއްޔެ މާލެ ސަރަހައްދަށް ވަރަށް ބޮޑަށް މޫސުމް ގޯސްވެ ރޭ މެންދަން ވީއިރުވެސް، މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ހިންދާލެވިފައެއް ނުވެއެވެ. އޭގެ އިިތުރުން މިއަދުވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނިމުތުކޮށްފައި ވާތީ، އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ވޯޓު ނަގާ ވަގުތުވެސް އިތުރުކޮށްފައެވެ. މިގޮތުން މިއަދު ވޯޓު ނެގުން ކުރިޔަށްދާނީ، ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00އަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.