Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

10 Feb 2024
ޚަބަރު

ރޯދަމަހަށް ބަހާ ކާޑުގެ ބާވަތް ހޯދަން ރަޖިސްޓްރީވާން ނުޖެހޭނެކަމަށް ވަޒީރު ވިދާޅުވެއްޖެ

މި ސަރުކާރުން ރޯދަ މަހާއި ދިމާކޮށް ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް ބަހަން ނިންމާފައިވާއިރު, ރަޖިސްޓްރީ ނުވިޔަސް އެތަކެތި ލިބޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު ޢާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރޯދަ މަހަށް ކޮންމެ ގެއަކަށް ހަނޑުލާއި ފުށް ބެހުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މާލޭ ސަރަހައްދުން އެތަކެތި ބޭނުންވާ ގޭބިސީތަކުން ރަޖިސްޓްރީވާން އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނުމުން، ގިނަ ބަޔަކު ވަނީ ރަޖިސްޓްރީވާން ޖެހޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ.

މާލޭ ސިޓީ ކައުންސިލްގެ އިއުލާނުގައި ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ބަހަން ހަމަޖައްސާފައިވާ ކަމަށެވެ. މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގޭބިސީތަކުގައި އުޅޭ މީހުން، މި މަހުގެ 25 ގެ ކުރިން ނަންނޯޓު ކުރުމަށް ވެސް އިއުލާނުގައި އެދިފައިވެއެވެ. އެކަމަކު އެ އިއުލާނު އިއްޔެ ވަނީ ބާތިލުކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރަޖިސްޓްރީ ނުވެ އެ ތަކެތި މާލޭ ސަރަހައްދުގެ ގޭބިސީތަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.