މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް ޢުމަރު
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް ޢުމަރު
18 Aug 2024
ޚަބަރު
ސަރުކާރުގެ ޚަރަދުގައި އަމިއްލަ މީހެއްގެ ގެއެއް ތަޅައިދޭން ފަށައިފި
މ. ރަބީޢުވިލާއަކީ، އަކިރި އާއި މުރަކަވެލި ބޭނުންކޮށްގެން ކޮންކްރީޓްއަޅައި، 90ގެ އަހަރުތަކުގެ ތެރޭގައި 6 ބުރިއަށް އިމާރާތްކޮށްފައިވާ ގެއެކެވެ. އެގެ ބާވެ ދިރިނޫޅެވޭ ވަރުވުމުގެ ސަބަބުން އެގެއިން މީހުން ނުކުމެފައިވާތާ އެތައް އަހަރެއް ވަނީ ވެފައެވެ. އެގެ ފަޅަށް ހުންނާތީ، މާލޭގައި އުޅޭ މަސްތުވާތަކެތި ބޭނުން ކުރާ މީހުން އެމީހުންގެ އައްޑާއެއްގެ ގޮތުގައި އެގެ އައީ ބޭނުން ކުރަމުންނެވެ.
04 Jul 2024
ޚަބަރު
ކައުންސިލްތަކުން ޚަރަދުތައް ކުޑަކުރުމަށް މިނިސްޓަރު އަންގަވައިފި
ކައުންސިލްތަކުން ޚަރަދުތައް ކުޑަކުރެއްވުމަށް މިނިސްޓަރު އެންގެވި އިރު، އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ކައުންސިލްތަކުގެ މުހިއްމު ނޫން ޚަރަދުތައް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. މަޖިލީހުގެ ނައިބުރައީސް އަޙްމަދު ނާޒިމްވެސް ބައެއް ކައުންސިލްތަކުން ކުރުމަށް ރާވާފައިވާ މުހިއްމު ނޫން ބައެއް ދަތުރުތަކާއި ކަންކަމާއި ގުޅޭ ވާހަކަތައް ހާމަކުރެއްވިއެވެ.
08 Apr 2024
ޚަބަރު
ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފައްވާރާ މަރާމާތުކޮށް އަލުން ހުޅުވައިފި
މިތަން މަރާމާތުކޮށް އަލުން ހުޅުވާލީ، ފިޠުރު އީދަށް މާލެ ޒީނަތްތެރި ކުރުމުގެ މަސައްކަތް ތަކުގެ ތެރޭގައި ހިމަނައިގެންނެވެ. މިތަން ވަރަށް އަވަހަށް އާއްމުންނަށް ހުޅުވާލާނެ ކަމުގައި މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފައެވެ.
10 Feb 2024
ޚަބަރު
ރޯދަމަހަށް ބަހާ ކާޑުގެ ބާވަތް ހޯދަން ރަޖިސްޓްރީވާން ނުޖެހޭނެކަމަށް ވަޒީރު ވިދާޅުވެއްޖެ
މި ސަރުކާރުން ރޯދަ މަހާއި ދިމާކޮށް ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް ބަހަން ނިންމާފައިވާއިރު, ރަޖިސްޓްރީ ނުވިޔަސް އެތަކެތި ލިބޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު ޢާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.