Advertisement

މިނިސްޓަރު އާދަމް ޝަރީފަށް އިބްރާ މައުލޫމާތު ދެއްވަނީ ---

21 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ލާމަރުކަޒީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާއި ގުޅޭ ގޮތުން އިބްރާއާއެކު މަޝްވަރާކުރައްވައިފި

ލާމަރުކަޒީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާއި ގުޅޭ ގޮތުން މިނިސްޓަރު އާދަމް ޝަރީފް، ޤާނޫނު އަސާސީ އެކުލަވާލި ކޮމިޓީގެ މުގައްރިރު އިބްރާހީމް އިސްމާޢީލް (އިބްރާ) އާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވާރކްސްއިން ހާމަކުރައްވާފައިވާ ގޮތުގައި މިބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ، އިބްރާހީމް އިސްމާޢީލްގެ އާއިލީ ގެކޮޅު، މ. ބޯގަންވިލާގައެވެ. 

އިއްޔެ ހަވީރު ބޭއްވި މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ އާދަމާއި، މުޙައްމަދު ހާޝިމާއި، މުޙައްމަދު މާހިރު ބައިވެރިވެ ވަޑައިގެންނެވި ކަމުގައިވެސް އެމިނިސްޓްރީން ހާމަކުރައްވާފައިވެއެވެ. ޤާނޫނު އަސާސީ އެކުލަވާލި ކޮމިޓީގެ މުޤައްރިރުކަން ކުރެއްވި، އިބްރާހީމް އިސްމާޢީލަކީ ލާމަރުކަޒީ ނިޒާމު އެކަށައެޅުމުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގެންނެވި ބޭފުޅެކެވެ. އަދި ލާމަރުކަޒީ ޤާނޫނަށް މުހިއްމު ގިނަ ބަދަލުތަކެއް ގެންނަން ޖެހޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިސަރުކާރުން ވަނީ، ލާމަރުކަޒީ ނިޒާމަށާއި ދައުލަތުގެ އިދާރީ ހިންގުމުގައި ކައުންސިލްތަކުގެ އަދާކުރާ ދައުރަށް ބަދަލުތަކެއް ގެނައުމަށް ޤާނޫނުތަކަށް އިސްލާޙް ގެނައުމުގެ މަސައްކަތްތަކެއް ފަށާފައެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ދެކެވެމުން އަންނަ ވާހަކަކީ، ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރުމުގެ ވާހަކަތަކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
19 Apr 2025
ޚަބަރު
ރައީސް މުޢިއްޒު ވެރިކަން ދިފާއުކުރައްވަން މަސައްކަތްކުރައްވަނީ ރައްޔިތުން އަޅުވެތިކޮށްގެން: ބިގޭ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަން ދިފާއުކުރައްވަން މަސައްކަތްކުރައްވަނީ ރައްޔިތުން އަޅުވެތިކޮށްގެންކަމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.
19 Apr 2025
ޚަބަރު
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި
އަސްކަރިއްޔާގެ ހިނގާލުމުގައިކަނޑާއި، އެއްގަމާއި އަދި ވައިގެ އެކި ބަހާތަަކަށް ނިސްބަތްވާ ސިފައިންނާއި އަސްކަރީ ސިފައިންނާއި އުޅަނދުތައް ވަނީ ދައްކާލާފައެވެ.
19 Apr 2025
ޚަބަރު
ލޯފަން ނުވަ ދަރިވަރުން މާސްޓާސް ޑިގްރީ ހާސިލުކޮށްފި
ކުރިމަތިވި ގިނަ ގޮންޖެހުންތަކާ ކުރިމަތިލައި، ލޯފަން ނުވަ ދަރިވަރަކު ރޭ އިސްލާމިކް ޔުނިވާސިޓީން މާސްޓާސް ފުރިހަމަކޮށް، ސަނަދު ހާސިލުކޮށްފިއެވެ.
19 Apr 2025
ފަލަސްތީން
"އުންމަތް ފަލަސްތީނާއި އެކު" ހިނގާލުން ބާއްވައިފި
މި ހިނގާލުން ބާއްވާފައި ވަނީ ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް އަޑު އުފުލާ ދިވެހިން ފަލަސްތީނާއި އެކު ތިބިކަން ހާމަކޮށްދިނުމަށެވެ.