Advertisement

މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ---

14 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

މާލެއަކީ އިދާރީގޮތުން ކ.އަތޮޅުގެ ރަށެއް ނޫންކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ

ދިވެހިރާއްޖޭގެ ވެރިރަށް މާލެއަކީ، ދިވެހިރާއްޖޭގެ އެއްވެސް އަތޮޅަކަށް ނިސްބަތްވާ ރަށެއް ނޫންކަމުގައި، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް, އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާދަމް ޝަރީފް މިހެން ވިދާޅުވީ، ބައެއް ފަރާތްތަކުން ލިޔުމާއި ކިޔުމުގައި، "ކ. މާލެ" ބޭނުން ކުރަމުން ގެންދާތީ އެކަމާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، ޤާނޫނު އަސާސީގެ 14 ވަނަ މާއްދާގައި ބުނަނީ، ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށަކީ މާލެ ކަމަށެވެ. އަދި އެކަން ޤާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނައިރު، ވެރިކަން ކުރާ ރަށަކީ، ކ. މާލެ ކަމަށް ބާޔަން ކޮށްފައި ނޯންނަ ކަމަށާއި، އަދި ސަރުކާރުގެ ގިނަ ރަސްމީ ލިޔުންތަކުގައި، ކ. މާލެ ލިޔެފައި ނޯންނަ ކަމުގައިވެސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ. 

މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ،  ކ. އަތޮޅުގައި އޮތް ނަމަވެސް މާލެއަކީ، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށްކަމުގައި ވާތީވެ، މާލެ ލިޔާއިރު ކުރިޔަށް ކާފު އިތުރުކޮށް ކ. މާލެ ލިޔެ ނޫޅޭ ކަމަށެވެ.  އެހެންވެ، ކ. މާލެ ލިޔުމަކީ އަދި، ކިއުމަކީވެސް ޤާނޫނު އަސާސީގައި އޮންނަ ގޮތާއި ޚިލާފަށް ކުރާ ކަމެއް ކަމުގައިވެސް މިިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.  އަދި މިހާރަކަށް އައިސް ކ. މާލެ ކިޔުމާއި ލިޔުން އަންނަނީ އިތުރުވަމުން ކަމަށާއި، އެއީ ކުޑަކަމެއް ނޫން ކަމަށާއި ރަނގަޅު ކުރަންޖެހޭ ކަމެއް ކަމުގައިވެސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެފައިވެއެވެ.

ޤާނޫނު އަސާސީގައި މާލެ ކަމުގައި ބަޔާންކޮށްފައި ވަނީ، ހުޅުމާލެ އާއި ވިލިމާލެވެސް އެއީ މާލޭގެ ބައެއްގެ ގޮތުގައި ހިމަނައިގެންނެވެ. 

މިނިސްޓަރ އާދަމް ޝަރީފް މިހެން ވިދާޅުވުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ މިނިސްޓަރ އާދަމް ޝަރީފަށް ރައްދުދީފައެވެ. 

ކޮމެންޓް
ޚާލިދް
އެޑްރެސް ޖަހާއިރު ކ އިންނަންޖެހޭނެ.
14 Sep 2024
ހިޖުރަ
މިނިސްޓަރ ވިދާޅުވީ ތެދުފުޅެއް މާލެ އަތޮޅުގައި އޮންނާނީ 9ރަށް 1 ކާށިދޫ 2 ގާފަރު 3 ދިއްފުށި4 ތުލުސްދު5 ހުރާ6 ހިއްމަފުށި7 ގުޅި8 މާފުށި9 ގުަރައިދޫ
14 Sep 2024
އިއްބެ
ވަކިވަރަކަށްވުރެއަނގަތެޅުންގިނަވާންފެށީމައި ކޮސްވެސްގޮވޭނެ
14 Sep 2024
އިއްބެ
ޓުޔަދާވަރުން ފަހަރެއްގައު ރ އަރޮޅުރަށަކަށްވެސްވެދާނެ
14 Sep 2024
ޑީ ބޮލޮކް
ކ.މާލެ އޮންނަނީ މާލެ އަތޮޅުގައި. ޥިމާ ކިޔޭނެ. ކިޔާނަން.
14 Sep 2024
ޙައްވާ
އެހެންވެ، އިންޑިޔާ އަވަށަކަށް މިތަން ކިޔަނީ، ޝަރީފް އެބުނަނީ، މާލެ އޮންނަނީ އިންޑިޔާ ކަނޑުގަ، އިންޑިޔާ މާލެ،
14 Sep 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.